ads
ބީބީސީން ރޮނާލްޑޯއަށް ޖޯކު ޖެހި މައްސަލަ ހޫނުވެއްޖެ
ބީބީސީން ރޮނާލްޑޯއަށް ޖޯކު ޖެހި މައްސަލަ ހޫނުވެއްޖެ
ބީބީސީން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖޯކު ޖެހި މައްސަލަ ހޫނުވެއްޖެއެވެ.

ބީބީސީން ރޮނާލްޑޯއަށް ޖޯކު ޖަހާފައިވަނީ ޔޫރޯގެ ދެވަނަ ބުރުގައި ޕޯޗުގަލްއާ ސްލޮވީނިއާ ކުޅުނު މެޗުގައި ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯ އަތުން ނާކާމިޔާބުވުމުންނެވެ.

ބީބީސީން ޔޫރޯގެ އެ މެޗު ބްރޯޑްކާސްޓް ކުރިއިރު، ރޮނާލްޑޯ އަތުން ޕެނަލްޓީ ގެއްލުނު މަންޒަރު ދެއްކިއިރު، ޓީވީގެ ތިރިއަށް އަރުވަފައިވަނީ "މިސްޓިއާނޯ ޕެނާލްޑޯ" މި ހެންނެވެ. ބީބީސީން މި ގޮތަށް މިކަން ކުރި ސަބަބެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް ގިނަ ބަޔަކު އެކަމަށް އަންނަނީ ނުރުހުންފާޅު ކުރަމުންނެވެ.

ބީބީސީގެ މި އަމަލަށް ނުރުހުންފާޅު ކުރި މީހުންގެ ތެރޭގައި ކުރީގެ އިގިރޭސި ކުޅުންތެރިޔާ ޖޯން ޓެރީވެސް ހިމެނެއެވެ. އޭނާ ބުނެފައިވަނީ ބީބީސީން ކުރި އެ ކަމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ރޮނާލްޑޯ އަތުން އެ ޕެނަލްޓީ މިސްވި ނަމަވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ރޮނާލްޑޯ ޖެހި ޕެނަލްޓީ ކާމިޔާބު ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް