އެ ފައިސާ އެ ކުންފުނިން ފޮރިން މިނިސްޓްރީއާ ހަވާލުކުރީ މިއަދެވެ.
ޓެލެތޯން ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 12 އެވެ. އަދި އޭގެ ފަހުން 13 ވަނަ ދުވަހު ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ދިނެވެ. އެ ޓެލެތޯނަށް ރާއްޖޭގެ ވަރަށް ގިނަ މުއްސަސާތަކާއި ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކުރި އެވެ.
ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނަށް ފޯރުކޮށް ދޭނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) މެދުވެރިކޮށެވެ.
އެ ދުވަހު ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލު ކުރުމަށް މިއަދު ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ އެ ޓެލެތޯންގައި 18،418،922ރ. އާއި 49،800 ޑޮލަރު ލިބުނު ކަމަށެވެ.