އެ އެކުންފުނިން ބުނީ ސިނާއީ އެކި ބޭނުންތަކަށް ތިލަފުށިން ބިން ނެގުމަށް އެދި ގިނަ ބަޔަކު އެ ކޯޕަރޭޝަނަށް ހުށައަޅަމުންދާ ކަމަށެވެ. ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކާއި ދިވެހި ކުންފުނިތަކުން ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށައެޅުމަށް ވަނީ އެދިފަ އެވެ.
އަދި އެ ކުންފުނިން ބިމުގައި ޖާގަ ހުރި މިންވަަރަށް ބަލައި، ތިލަފުށި މާސްޓަރ ޕްލޭން އާއި އެ ކޯޕަރޭޝަނުން ހެދިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.
އަދި ބުނީ ބިމުގެ ޖާގަ ހުރި މިންވަރަކުން ސިނާއީ ބޭނުމަށް ތިލަފުށީން ބިން ދޫކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެ ކަަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް 1516 އަށް ގުޅުމަށް ވެސް ވަނީ އެދިފަ އެވެ.