ads
ޔޫތް މިނިސްޓްރީން ބާއްވާ ޒުވާނުންގެ އެވޯޑް
ޔޫތް އެވޯޑް ދިނުމުގެ ޖަލްސާ ފަސްކޮށްފި
މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 12 އޮގަސްޓް ގައި ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ ފަހުގެ ތާރީހަކަށް ބަދަލުކޮށްފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އިނާމު ދިނުމުގެ ޖަލްސާ ފަސްކުރި ނަމަވެސް ޔޫތް މިނިސްޓްރީން ބުނީ ޒުވާނުންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ ބާއްވާނޭ ތާރީހެއް މިނިސްޓްރީން  ކުރިއަށްއޮތްތަނުގައި އިއުލާން ކުރާނެކަަމަށެވެ.

ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވީ މިއަދު މެންދުރުގެ 13:00 ށެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާއިރު މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައަޅާފައިވާކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ.

 އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަަކަކީ:

  • ވިޔަފާރިއާއި އިގްތިސާދު
  • އާޓްސް އެންޑް ކަލްޗާ
  • މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން 
  • ދަރުމަވެރިކަން
  • ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
  • ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  •  ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާ 
  • ދަނޑުވެރިކަމުގެ ދާއިރާ
  • މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން 
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން 
  • ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
  • ކުޅިވަރުގެ ދާއިރާއިން- ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
  • ފަންނިއްޔާތުގެ ދާއިރާ 
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެއްކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް