ads
ވެލާނާ އެއާޕޯޓު މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވިޔަފާރިވެރިން މިއަދު ތިބި ދަތި ހާލަތަށް ވައްޓާލީ ކުރީ ސަރުކާރުން: ސައީދު
ރާއްޖޭގެ ވިޔަފާރިވެރިން މިއަދު ތިބި ދަތި ހާލަތަށް ވައްޓާލީ ނިމުނު ސަރުކާރުގައި ޒިންމާދާރުކަމެއްނެތި ކޮށްފައިވާ ކަންކަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ވަރަށް ގިނަ މައްސަލަ ތަކެއްގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި އިރު ވާރުތަވީ ބޮޑު ތިން ކަމެއް ކަމަށެވެ. އެ ތިން ކަމަކީ އާދަޔާ ހިލާފަށް ނުރައްކާތެރިވާ ހިސާބަށް ވެއްޓިފައި އޮތް ދަރަންޏާއި، ރާއްޖެ މެނޭޖް ކުރަން ނޭނގުމާއި، ލީޑަރޝިޕް ފެއިލްވުމާއި ރާއްޖޭގެ ފައިސާ މެނޭޖް ކުރަން ނޭނގުން ކަމަށް ވިދާޅުވި އެވެ.

ސަޢީދު ވިދާޅުވީ ސަރުކާރުގެ އިގުތިސޯދީ ރިފޯމް މަސައްކަތުގައި އިސްކަމެއް ދެއްވާނީ، ރައްޔިތުންނަށް ބުރައަކަށް ނުވާގޮތަށް ލޯނާއި މާލީ އެހީތެރިކަން ހޯދުމަށްކަމަށެވެ. އެހެންނަމަވެސް މިވަގުތަކީ އިގުތިސޯދީ ތަރައްގީއަށް ލޯނާ ދަރަނި ނެގޭ ހާލަތުގައި އޮތް ވަގުތެއް ނޫންކަމަށާއި، އެންމެ އިސްކަމެއް ދެއްވައިގެން މިވަގުތު ކުރަމުންދާ މަސައްކަތަކީ ބޭރުގެ މާލީ އިދާރާތަކަށް މިވަގުތަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު އަދި 1 ބިލިއަން ޑޮލަރުގެ ދަނަރި، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ނާންނާނެގޮތަށް އަދި ވިޔަފާރިވެރިންނަށް ހުރަހެއް ނާންނޭގޮތަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކަމަށެވެ.

"ދެން މި ރާއްޖެއަކުން ސަސްޓެއިން ނުކުރެވޭ ދަރަންޏެއް ނުއުފައްދާނަން. ދެން އުފައްދާނީ އިންކަމްއާއި ގުޅޭ ދަރަނި. އޭރުން ވިޔަފާރިތައް އިތުރުވެ ވަންނަ އާމްދަނީ އިތުވެ، އިގުތިސޯދީ ބުރަ ކުޑަވާނެ." ސަޢީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ރާއްޖެ ނުދަރާނެކަމަށާއި، ރާއްޖެ ދާނީ އިގުތިސޯދީގޮތުން ކުރިއަށްކަމަށެވެ. އެގޮތުން ބޮލަކަށްޖެހޭ އާމްދަނީވެސް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމަށާއި، ވައުދުތައްވެސް ދާނީ ފުއްދަމުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސައީދު ވިދާޅުވީ އުތުރުގެ ބަންކަރިންގެ ހިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް