މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 13:00 ކަންހާއިރުއެވެ. އަދި އެ އެއްޗެއް ގޮވި އަޑުއިވުމުން އެ ސަރަހަދަށް ސިފައިން އައިސް ގިނަ އަދަދެއްގެ ސިފައިން ހަތިޔާރާއެކު އެ އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.
ގައުމީ ދިފާއީ ބާރުން ބުނީ މިހާތަނަށްް ބެލި ބެލުމުން އެ ވޭންގެ ތެރެއިން ގޮވާ އެއްވެސް އެއްޗެއްގެ ނިޝާނެއް ފެނިފައި ނުވާކަމަށެވެ.
ސިފައިން ބުނީ އިތުރު ނުރައްކަލެއް ނެތުމުން އެ ވޭން އޮތް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިން އެ ސަރަހައްދު ދޫކޮށް ގޮސް އެ ސަރަހައްދު ފުލުހުންނައި ހަވާލުކޮށްފައިވާކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށްވެސް އަދި އެ ވޭނަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.