އެރަށު ކައުންސިލް ރައީސް އިބްރާހިމް ސުނިލް "ސީއެންއެމް"އަށް މައުލޫމާތުދެމުން ބުނީ މިޔަރު ހަމާލާދީފައިވަނީ ސްނޯކްލިންއަށް ދިޔަ ޒުވާނަކަށްކަށެވެ. އަދި މިިޔަރު ދަތް އަޅާފައިވަނީ އެ ޒުވާނާގެ އަތުގައިކަމަށް ސުނިލް ބުނެއެވެ.
މިއަދު މެންދުރު 1:00 ޖަހާ ހާއިރު ހިނގި މިހާދިސާގައި މިޔަރު ހަމަލާ ދިނީ ދިއްފުށްޓަށް ނިސްބަތްވާ އުމުރުން 25- 30 އަަހަރައި ދެމެދުގެ ޒުވާނަކަށް ކަމަށެވެ.
މި ޒުވާނާއަށް އަންނަނީ ދިއްފުށީ ހެލްތް ސެންޓަރުގައި ފަރުވާދެމުންނެވެ. އެ ޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އެ ހެލްތް ސެންޓަރަކުން ނުދެއެވެ.
މިޔަރެއް ދިން ހަމަލާއެއްގައި ސިފައިންގެ މީހަކު މިދިޔަ މަހުގެ ކުރީކޮޅު ވަނީ މަރުވެފައެވެ.