އެއްބަސްވުމުގައި އާރްސީއެލް ފަރާތުން އިއްޔެ ސޮއިކުރެއްވީ ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ.
ރީޖަނަލްސް އެއާޕޯޓުން ބުނީ އެ އެއްބަސްވުމުގެ ސަބަބުން އެއާޕޯޓަށް ދިމާވެދާނެ ކުއްލި ހާލަތެއްގައި އެއާޕޯޓް އޮޕަރޭޝަނަލް ހާލަތަކަށް ގެނައުމަށްޓަކައި ކަނޑާއި އަދި އެއްގަމު މަގުން ބޭނުން ކުރަން ޖެހިދާނެ އެކި ކަހަލަ ވަސީލަތްތައް ހޯދުމަށް އެމްޕީއެލްގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
މި އެއްބަސްވުމުގެ އެއް ބޭނުމަކީ އެމަޖެންސީ ހާލަތެއްގައިވެސް އާރްއޭސީއެލް އިން އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ބުރުލެއް ނާރާ އޮޕަރޭޝަން ކުރިއަށްގެންދެވޭނެ މަގު ފަހިކުރުން ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.