މި ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ. އެހެންވެ ޝައުގުވެރިވާ ދިވެހި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށަހެޅުމަށެވެ.
މި ކޮންފަރެންސް ހާއްސަކޮށްފައިވާ ދާއިރާތަކަކީ:
- ދަނޑުވެރިކަން
- މޭވާ އާއި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް
- ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައި ވިޔަފާރި
- ކޮންޒިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި
- ފަތުރުވެރިކަމުގެ ދާއިރާ
މިދާއިރާތަކުގެ ސިޝުއާންގެ ވިޔަފާރިތަކާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމުގެ ފުރުސަތު މި ކޮންފަރެންސްގައި ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާންއިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދޭނެ ކަމަށެވެ.
މި ކޮންފަރަންސް އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، 3333181 ނުވަތަ 3333182 އަށް ގުޅައިގެން ހޯދޭނެ އެވެ. ނުވަތަ [email protected] އަށް އީމެއިލް ވެސް ކުރެވިދާނެ އެވެ.