މެޑިކަލް ޕާޓްނަރުގެ ހައިސިއްޔަތުން، ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުންވަނީ މޯލްޑިވްސް ހާފް މެރަތަން އެކްސްޕޯގައިވަނީ ދުވުންތެރިންނަށް ހިލޭ ބޭސިކް ހެލްތް ޗެކަޕްގެ ހިދުމަތް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ދުވުން އޮންނަ ދުވަހު ނުވަތަ "ރޭސް ޑޭ" ގައި ސިއްހީ ހިދުމަތާއި ފަސްޓް އެއިޑް ފޯރުކޮށްދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އެމްބިއުލާންސް އަދި ޑަކްޓަރުން ހަރަކާތްތެރިވާނެއެވެ. ދުވުން އޮންނާނީ މާދަމާއެވެ.
މޯލްޑިވްސް ހާފް މެރަތަން އަކީ "އައި ރަނާސް" ގެ ފަރާތުން މުޖުތަމަޢުގައި ސިއްހީ ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ ދުވުމެކެވެ. މި ދުވުމުގެ ކެޓަގަރީ ތަކުގެ ތެރޭގައި ހިމެނެނީ:
ޓްރީ ޓޮޕް ހޮސްޕިޓަލުންވަނީ މީގެ ކުރިންވެސް ރާއްޖޭގެ މަޝްހޫރު ދުވުންތަކާއި، އެހެނިހެން ހަރަކާތްތަކަށް ފަސްޓް އެއިޑް އަދި މެޑިކަލް ސަޕޯޓް ފޯރުކޮށްދީފައެވެ.