ads
ޖޫން މަހުގެ މީރާއަށް ޖަމާވި އާމްދަނީ ދަށްވެއްޖެ - ފޮޓޯ: މީރާ
ޖޫން މަހުގެ މީރާއަށް ޖަމާވި އާމްދަނީ ދަށްވެއްޖެ
މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ އެ މުއްދަތުގައި ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.
Advertisement

ނަމަވެސް މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 26.8 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

މީރާ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އެ އޮތޯރިޓީން ވަނީ މިދިޔަ މަހު ޖުމްލަ 2.05 ބިލިއަން ރުފިޔާ ބަލައިގެންފަ އެވެ. އޭގެ ތެރޭގައި، ސީދާ އެމެރިކާ ޑޮލަރުން ބަލައިގަތް 76.57 މިލިއަން ހިމެނެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީ އެވެ. އެއީ 748 މިލިއަން ރުފިޔާ ނުވަތަ 36.49 އިންސައްތަ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 629 މިލިއަން ރުފިޔާ ނުވަތަ 30.69 އިންސައްތަ އެވެ. 

އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 81.6 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 524 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މީރާއިން ބަލައިގަތް އާމްދަނީ ވަނީ 12.5 ބިލިއަން ރުފިޔާ އަށް ވުރެ މަތިވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް