ސޯޝަލް މީޑިއާ މެދުވެރިކޮށް ބިޕާޝާ ހިއްސާކޮށްފައިވާ ވީޑިއޯ އިން ފެނިގެންދަނީ ގޭގެ ބެލްކަނީގައި އިނދެގެން ފޮތިކޮށްފައި ހުރި ޓޮމާޓޯ ތަކެއް ޕޮޓްތަކުގައި އިންދާ މަންޒަރެވެ.
އުމުރުން 15 އަހަރުގައި މޮޑެލް ކުރަން ފަށާފައިވާއިރު އޭނާ ފުރަތަމަ ފިލްމަކުން ފެނިފައިވަނީ 2011 ވަނަ އަހަރު ނެރުނު "އަޖްނަބީ" އިންނެވެ.
އެފިލްމުން ބިޕާޝާ ގިނަ ބަޔަކަށް އެނގިގެން ދިޔައިރު އޭނާ ވަނީ އޭގެ ފަހުން 50 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. ބިޕާޝާ އެންމެ ފަހުން ފެނިގެން ދިޔައީ 'އެލޯން' އިންނެވެ.
އެފިލްމުގައި އޭނާ ވަނީ ދެކެރެކްޓަރެއް ކުޅެފައެވެ. އެފިލްމުގައި ލީޑު އެކްޓަރެއްގެ ގޮތުގައި ފެނިގެން ދިޔައީ ބިޕާޝާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އާއެކުގަ އެވެ.