ads
އާދަމް އާޒިމް މިރޭގެ އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްޑީޕީ
ރާއްޖެ ތަރައްގީ ކުރީ އެމްޑީޕީގެ ބުރަ މަސައްކަތުން: އާޒިމް
މިގައުމަށް ލިބުނު ތަރައްގީއެއް ލިބުނީ އެމްޑީޕީގެ މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީން ކުރިއަށްގެންދާ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުން ތައާރަފު ކުރި ސޯޝަލް ސެކިއުރިޓީގެ ނިޒާމުތަކުގެ ވާހަކަ އާޒިމް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ދުވަސްވީ މީހުންނަށް، ނުކުޅަދޭ މީހުންނަށް ފޯރުކޮށްދޭ އެލަވަންސް ހިމެނެ އެވެ.

އާޒީމް އިތުރަށް ވިދާޅުވީ، މި ސަރުކާރަށް މި ހޭދަވި 7 މަސްދުވަހު ބާރަށް ކުރެވުނު ކަމަކީ "އާރުޓީއެލްއަށް އަރައިގެން ދުއްވާލުން" ކަމަށާއި، އެއީވެސް އެމްޑީޕީގެ މަސައްކަތް ކަމަށެވެ. އެހެންކަމުން، އެ ފަރާތްތަކަށް މިއަދުވެސް ދެއްކޭނީ ކުރީ ސަރުކާރޭ ކިޔައި، އެމްޑީޕީގެ ތަރައްގީގެ މަސައްކަތް ކަމަށް އާޒިމް ވިދާޅުވި އެވެ. 

އަދި، އާރުޓީއެލް ވެސް ކުރިޔަށް ގެންދެވޭނެ ކަމަށާއި، މުވައްޒަފުން ތަމްރީނުކުރުމުން ފެށިގެން، ލޯންޗު ބަންނާނެ ގޮތް، އަދި ދަތުރުފަތުރުގެ ކަންކަން ކުރާނެ މަގު އެކުލަވައި ފިސާރި ވަރުގަދަ ފައުންޑޭޝަނެއް އޮންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން މި ގައުމަށް ލިބުނު ތަރައްގީއެއް ލިބުނީ، މި ގައުމުގެ ރައްޔިތުންނަށް ކޮޅަށް ތިބެވުނީ. ތަރައްގީ ލިބުނީ އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން، އޮހޮރި ލެއިން، އޮހޮރި ދަލުން. އެ ނޫން އެއްވެސް ކަމެއް ވެގެނެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ، މާލޭގެ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ހައްލު ލިބޭނެ މަގުފަހިވެގެންދިޔައީ އެމްޑީޕީގެ ވިސްނުމުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެކަމާއި ހިލާފުވާނެ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށް ޔަގީންކަމާއިއެކު އެނާ އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި އެއިރު ނުކުރެވުނު މަސައްކަތްތައް މިހާރު އޭނާ ކުރައްވަމުން އަންނަ ކަމަށް ވެސް އާޒިމްް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް