ads
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕެއިން ރެލީއެއްގައި ބަޑި ޖެހުމުން ޒަހަމްވުމާ އެކު ސީކްރެޓް ސާވިސްގެ އެޖެންޓުން ޓްރަމްޕް ސްޓޭޖުން ބާލައިގެން ގެންދަނީ. - ފޮޓޯ: އޭއެފްޕީ
ޓްރަމްޕަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގެ ތެރޭ މީހަކު ބަޑިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
Advertisement

ރާއްޖެ ގަޑިން ފަތިހު ހިނގި އެ ހާދިސާގައި ޓްރަމްޕު ޒަހަމްވި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ. ބަޑި ޖެހި އިރު ޓްރަމްޕު ހުންނެވީ ޕޯޑިއަމުގައި ވާހަކަ ދައްކަވަންށެވެ. ބަޑީގެ އަޑު އިވުމާއެކު ޓްރަމްޕު ޕޯޑިއަމް ކައިރިއަށް ތިރިވި އެވެ. އަދި ތެދުވެވަޑައިގެންނެވިއިރު ކަންފަތުން ލޭ އާދެ އެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ކަންކަމުގައި ހަމަނުޖެހުމަށް ޖާގައެއް ނެތް ކަމަށާއި ހުރިހާ ތަނެއްގައި ހިންގާ ހުރިހާ ބާވަތެއްގެ ހަމަނުޖެހުން ރާއްޖޭން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެ މަނިކުފާނުގެ ހެޔޮ އެދުންތައްވަނީ ޓްރަމްޕާއި އޭނާގެ އާއިލާއާއި ހަމަލާގައި އަނިޔާވި މީހުންނާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.

ޓްރަމްޕްގެ ކެމްޕެއިން ތަރުޖަމާނު ސްޓީވަން ޗުއެންގް ވިދާޅުވީ ހަމަލާއަށް ފަހު މެޑިކަލް ރައީސް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ރައީސް ޖޯ ބައިޑަން ވިދާޅުވީ ޓްރަމްޕްގެ ހާލަތު ރަނގަޅުކަން އެނގި ވަޑައިގަތުމާ ގުޅިގެން އެކަމާ އުފާކޮށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޓްރަމްޕާއި އާއިލާ އަށާއި ރެލީއަށް ދިޔަ މީހުންނަށް ހެޔޮ ދުއާ ކުރާ ކަމަށާއި ސީކްރެޓް ސާވިސްގެ ފަރާތުން ރައްކާތެރިކަން ދެވުނީތީ ޝުކުރުވެރިވާ ކަމަށް ވެސް ރައީސް ބައިޑަން ވިދާޅުވި އެވެ.

ޓްރަމްޕް އެމެރިކާވެ ރައީސްކަން ކުރެއްވީ 2016-2020 އަށް އެވެ. މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އިންތިހާބަކީ އޭނަ ރައީސް ކަމަށް ވާދަކުރައްވާ ތިން ވަނަ އިންތިހާބެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް