ads
ބޮލިފުށީގެ ވެރިޔާ ހ. މިރިހި، ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް)
ވިޔަފާރިވެރިޔާ ޝަރީފް ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ
ވިޔަފާރިވެރިޔާ އިބްރާހިމް ޝަރީފް (ބޮލިފުށީ ޝަރީފް) ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޝަރީފް މެންދުރުގެ ފަރިއްކޮޅަށް ފަހު ކޮޓަރިއަށް ވަޑައިގަތް ފަހުން ކޮޓަރިތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ އޭނާގެ ބަޓްލަރަކަށެވެ. އޭމާ އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވީ ހަވީރު މިއަދު ހަވީރު އެވެ.

ޝަރީފަކީ ކ. ބޮލިފުށި ކުއްޔަށް ނަގާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. އެ ކުންފުނި އުފައްދާފައި ވަނީ 1994ގަ އެވެ. 

ޝަރީފް އަވަހާރަވުމާއި ގުޅިގެން ފަތުރުވެރިކަމާއި ޓޫރިޒަމް މިނސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހުސައިން ޝަރީފް އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

 

ސޯސަންމަގުގައި ހުންނަ އިބްރާހިމް މިސްކިތަކީ ވިޔަފާރީގައި ފާހަގަކޮށްލެވުނު ޝަރީފު ބިނާކުރެއްވި މިސްކިތެވެ. އޭނޫން ވެސް ވަރަށް ގިނަ މިސްކިތްތަކުގެ އާބާތުރަފިލުވުމާ އެ ނޫން ކަންކަމުގައި އޭނާގެ ބައިވެރިވުން ބޮޑެވެ.

ޝަރީފު ނިޔާވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ޝަރީފްއާ ބައްދަލުވި ފުރަތަމަ ދުވަހު ވެސް އޭނާގެ ފަރާތުން ފެނުނީ، ދީލަތި ކަމެވެ. އަދި އެއީ ހުލްގު ހެޔޮ ބޭފުޅެއްގެ ގޮތުގައި ވެސް ޝަހީމް ސިފަކުރެއްްވި އެވެ.

އަދި މީގެ ދެ މަސް ކުރިން ޝަރީފް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެން މާލޭ އިބްރާހިމް މިސްކިތް އަލުން ބޮޑުކޮށް ގުއްބު ލާަފައި ހަދަން ޕްރޮޕޯސަލް ލައްވާފައިވާ ކަަމަށްވެސް ވިދާޅުވި އެވެ. 

"މާތްﷲ ޝަރީފަށް ހެޔޮ ޖަޒާ ދެއްވާ އޭނާއަށްޓަކައި ސުވަރުގެއިން ގަނޑުވަރެއް ބިނާކުރައްވާށި،" ޝަހީމްގެ ފޭސްބުކް ޕޯސްޓު ނިންމާލައްވަމުން އޭނާ ވިދާޅުވެފައިވެ އެވެ.

ޝަރީފަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ ބޭބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް