ads
އައްޑޫ ބްރިޖުގެ ދިރާސާގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އައްޑޫ ބްރިޖަށް މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެހޭތޯ ބެލުން
އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖުގެ މަސައްކަތުގައި މިހާރު ކުރިޔަށް ދަނީ އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހޭތޯ ބެލުންކަމަށްް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑޜ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
Advertisement

އައްޑޫ ބްރިޖްގެ މަސައްކަތައް ބޭނުންވާ ދިރާސާތައްކުރުމަށް ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށް އަރާބް ކޮންޓްރެކްޓާ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާއެވެ. އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކޮށް އެކަމުގެ އެއްވެސްވުމުގައި ސޮއިކުރީ މިއަހަރުގެ ފެބްރުއަރީމަހުގެ 19 ވަނަދުވަހުއެވެ. 

އައްޑޫ ބްރިޖުގެ މަސައްކަތާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ އެ މަސައްކަތަކީ ސަރުކާރު އެންމެ އިސްކަންދޭ މަޝްރޫއުކަމަށެވެ. އަދި ބްރިޖުގެ ދިރާސާކުރަން ހަވާލުކުރި ކުންފުންޏަކީ ކެޕޭސިޓީ ހުރި ބަޔަކަށް ވާތީ އެ މަސައްކަތް ކުރަމުން އަންނަކަމަށާއި މިހާރު ކުރަމުން އަންނަނީ އެ މަސައްކަތަށްް ބޭނުންވާ ފައިސާ ދޭނެ ބަޔަކު ހޯދުންކަމަށެވެ ވަޒީރު މުއްތަލިބް ވިދާޅުވިއެވެ. އަދި އެ މަސައްކަތަށް ދިވެހި ސަރުކާރުން ލޯނު ނެގިނަމަވެސް އެ ފައިސާ ދޭނެ ބަޔަކު ހޯދަންޖެހޭނީ އެ ކުންފުނިންކަމަށް ވަޒީރު ވިދާޅުވިއެވެ. 

" މިހާރު އެބޭފުޅޫންގެ އެންމެ ބޮޑު މަސައްކަތަކީ ކޮންމެ ގޮތެއް ވިޔަސް އެވަރުގެ ޕްރޮޖެކްޓަކަށް ފައިސާ ހަމަޖައްސުން. އެހެންވީމަ އެބޭފުޅުންނަށް މި އިންނަނީ އެމްއޯޔޫގެ ދަށުން ފައިސާ އެރޭންޖުކޮށްދިނުން ސަރުކާރުން ލޯނު ނަގާނީ އެހެންނަމަވެސް އެރޭންޖު ކޮށްދޭނީ އެބޭފުޅުން." މުއްތަލިބް ވިދާޅުވިއެވެ.

ވަޒީރު މުއްތަލިބު ވިދާޅުވީ ބްރިޖު މަސައްކަތް ހަވާލުކުރި އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ފައިސާ ހޯދަން މަޗްވަރާކުރިު ކުންފުނިތަކާއި ދިވެހި ސަރުކާރުންވެސް މަޝްވަރާތަކެއް ކުރަމުން އަންނަކަމަށް މުއްތަލިބް ވިދާޅުވިއެވެ. 

" އެހެންވީމަ ފައިސާ ހަމަޖެހޭ ހިސާބުން ކޮންޓްރެކްޓް ކުރިޔަށް ގެންދެވޭނޭ. މިވަގުތު ފައިސަ ހަމަނުޖެހެނީސް އަޅުގަނޑުމެން ކޮންޓްރެކްޓެއްގެ ތެރެއަށް ވަންނާކަށެއް ނޫން. އެހެންނަމަވެސް މި ވަގުތު ކުރެވެމުންދަނީ އެ ފަރާތުން ހުށައަޅާ ފަރާތްތަކާއި ވާހަކަ ދައްކައިގެން ސަރުކާރަށްް އެއްބަސްވެވޭ ކަހަލަ ފައިނޭންސިން އެއް ހަމަޖެހޭތޯ. ހަމަޖެހިއްޖެކަމަށް ވާނަމަ ސޮއިކޮށްގެން ކުރިޔަށް ގެންދާނަން." ވަޒީރު މުއްތަލިބު ވިދާޅުވިއެވެ.

އައްޑޫ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް