ads
އިބްރާހިމް ޝަރީފް (ބޮލިފުށީ ޝަރީފް) އަވަހާރަވީ އިއްޔެގެ ވަގުތެއްގައި
ޝަރީފަކީ ނިކަމެތީނަށް އެހީ ވެދެއްވި އިހްސާންތެރި ބޭފުޅެއް: މުއިއްޒު
ޙުސައިން ޝަރީފަކީ ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިޙްސާންތެރި ބޭފުޅެއްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިބްރާހިމް ޝަރީފް (ބޮލިފުށީ ޝަރީފް) ކުއްލި ގޮތަކަށް އަވަހާރަވުމުން ފޮނުއްވި ތައުޒިޔާ މެސެޖުގައެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ހިދުމަތްތެރިއެއްކަމަށެވެ. އަދި ނިކަމެތިންނަށް އެހީވުމުގައިވެސް ޝަރީފަކީ އިހްސާންތެރި ބޭފުޅެއްކަމަށް ރައިސް މުއިއްޒު ވިދާޅުވިއެވެ. 

" މަރުޙޫމް ހުސައިން ޝަރީފަކީ މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިޙްސާންތެރި ބޭފުޅެއް. މަރުހޫމް ހުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ އާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުން ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާ ނިޢުމަތުގައި މަރުޙޫމް ޙުސައިން ޝަރީފް ލަހައްޓަވާށި. އާމީން. " ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

ޝަރީފް އިއްޔެ މެންދުރުގެ ފަރިއްކޮޅަށް ފަހު ކޮޓަރިއަށް ވަޑައިގަތް ފަހުން ކޮޓަރި ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ އޭނާގެ ބަޓްލަރަކަށެވެ.  އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ޝަރީފު އަވަހާރަވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. 

ޝަރީފަކީ ކ. ބޮލިފުށި ކުއްޔަށް ނަގާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. އެ ކުންފުނި އުފައްދާފައި ވަނީ 1994ގަ އެވެ. 

ސޯސަންމަގުގައި ހުންނަ އިބްރާހިމް މިސްކިތަކީ ވިޔަފާރީގައި ފާހަގަކޮށްލެވުނު ޝަރީފު ބިނާކުރެއްވި މިސްކިތެވެ. އޭނޫން ވެސް ވަރަށް ގިނަ މިސްކިތްތަކުގެ އާބާތުރަފިލުވުމާ އެ ނޫން ކަންކަމުގައި އޭނާގެ ބައިވެރިވުން ބޮޑެވެ.

ޝަރީފަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ ބޭބެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް