ads
ނިމިދިޔަ ސަރުކާރުން ޕަބްލިކް ވޯކްސް އެއްކޮށް ހަލާކުކޮށްލި - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ނިމިދިޔަ ސަރުކާރުން ޕަބްލިކް ވޯކްސް އެއްކޮށް ހަލާކުކޮށްލި: މިނިސްޓަރ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕަބްލިކް ވޯކްސް ސާވިސް އެއްކޮށް ހަލާކު ކޮށްލާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއައް ހާޒިރުކުރެއްވުމުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

މިނިސްޓަރ ވިދާޅުވީ، 2018 ގެ ކުރިން ފަޅު ފުންކުރަން ބޭނުންވާ ހުރިހާ މެޝިނަރީތައް ޕަބްލިކް ވޯކްސް ކުންފުނީގެ ތެރޭގައި ހުންނާނެ ކަމަށާއި، ނަމަވެސް އޭގެ ފަހުން އެ ކުންފުނީގައި ބޭނުންކުރި ހުރިހާ އާލާތްތަކެއް ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގެންގުޅުނު ބޭބީ ޑްރެޖާ އެބައޮތް މިހާރުވެސް ތިލަފުށީގައި ބާ ދަނގަޑަށްވެފައި. ލޭންޑިން ކްރާފްޓްތަކާ އެއްޗެހި ވިއްކާލާފަ ހުރީ." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރަށް ރަށުގައި ހުރި އެސްކެލޭޓަރުތަކާއި މަސައްކަތްކުރާ ހުރިހާ މެޝިނަރީތައް ހަލާކުވެފައިވާ ކަމަށާއި، އިތުރު މެއިންޓެނެންސް މަސައްކަތެއް ޕަބްލިކް ވާކްސްއިން ކުރާނަމަ ދައުލަތުން ޖެހޭނީ އާ ޕްރޮޖެކްޓެއް ހަދައިގެން ބަޔަކާ ހަވާލުކުރަން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް