ޝަލަބީ މިހެން ބުނީ އޮލިމްޕަހުގައި ހުންނަ އޮލިމްޕަސް ކެފޭގެ ސީލިންގުން ބައެއް ރޭ ވެއްޓުމާ ގުޅިގެންނެވެ.
ޝަލަބީ ގެ ޕޯސްޓްގައި އޭނާ ބުނީ އޮލިމްޕަސް ކެފޭއަކީ ވަރަށް ފުރިހަމައަށް ރާއްޖޭގައި ތިބި ފަންނުވެރިންނަށް ބޭނުން ކުރެވިދާނެ ޖާގަ އޮތް ތަނެއް ނަމަވެސް އެތަން އެންމެ ފުރިހަަ ގޮތުގައި ތަރައްގީކުރަން މިހާތަނަށް އެއްވެސް ސަރުކާރެއް މަސައްކަތް ކޮށްފައިނުވާކަމަށެވެ.
އޮލިމްޕަސް ކެފޭއަކީ ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި ފަންނާނުން އާއްމުކޮށް ދާ ތަނެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ މީހުންވެސް އާއްމުކޮށް ދާ ކެފޭއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ސީލިން ވެއްޓުނުއިރުވެސް މަޝްހޫރު ފިލްމީ ތަރިންތަކެއް ކެފޭގައި ތިއްބެވެ.