ads
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގެ ތެރެއިން
ގައުމީ ގުރްއާން މުބާރާތަކީ އެންމެ އަގުބޮޑު މުބާރާތައް ހަދަން ވައުދު ވެއްޖެ
ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހައްދަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކީރިތި ޤުރުއާނަކީ ހިތްތަކުގެ ނޫރުކަމަށާއި، ކީރިތި ޤުރްއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރުކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގައި ކީރިތި ގުރްއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެ ވެ.

ރައީސް ވަނީ ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ކީރިތި ގުރްއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އެމަނިކުފާނަށް ލިބޭ ކަމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކީރިތި ގުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހަދާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެން ދިވެހި ދައުލަތް ހިންގުމުގެ މަތިވެރި އަމާނާތް ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނު ދިވެހި ދައުލަތް ހިންގަން ބޭނުންވަނީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހީންނަށް އެންމެ މަސްލަހަތާއި ރައްކާތެރިކަން ހުރި ގޮތަށް ކަމަށާއި، އެގޮތުން މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދިނުމަކީ އެންމެ އިސްކަން ދޭނެ ގައުމީ އެއް ވާޖިބު ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް