މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފްއެވެ.
މި ބިލުގައިގައިވާ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށްް ނީންދެވޭ ގޮތަށް ބަދަލު ގެންނަނީ އެ ކައުންސިލަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ބޭނުމުގައިކަމަށެވެ. މި ބިލުގައި ވާ ގޮތުން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގައި ދެން ތިބޭނީ ރައީސާއި ނައިބު ރައީސްގެ އިތުރުން ހަތް މެންބަރުންނެވެ.
ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގައި ބަންޑާރަ ނައިބު ހިމެނޭ ގޮތަށް މިހާރު ތިއްބެނީ ނުވަ މެމްބަރުންނެވެ. ކައުންސުިލްގައި ދެން ތިބި ހުރިހާ މެމްބަރުންނަކީ ވަކީލުންތެރެއިން އިންތިހާބުކުރާ ވަކީލުންނެވެ. އަދި ކައުންސިލްގެ ރައީސް އަދި ނައިބި ރައީސްވެސް ހޮވާނީ ކައުންްސިލަށްް ހޮވާ ވަކީލުންގެ ތެރެއިންނެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުގައި ރަސްމީ އިދާރާތަކުގައި ރަޖިސްޓަރީ ކޮށްގެން ކިޔަވައިދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދިނުމާއި ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުން ވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭ ގޮތަށް ބަދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ.