ads
މިސްކިތެއްގައި ކުޑަކުއްޖަކު ޤުރުއާން ކިޔަވަނީ. ފޮޓޯ: މިހާރު
މިސްކިތްތަކުގައި 2 ނަމާދު ދޭތެރޭގައި ޤާރީ ކްލާސް ހިންގަން ހުއްދަދެނީ
މިސްކިތްތަކުގައި 2 ނަމާދު ދޭތެރޭގައި ޤާރީ ކްލާސް ހިންގަން ހުއްދަދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
Advertisement

މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތްތަކުގައި 2 ނަމާދު ދޭތެރޭގައި ޤާރީ ކްލާސް ހިންގުމަށް މި ހަފްތާފައި ހުއްދަ ދޭން ފަށާނެކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަަމަށް އެދުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. 

" މި ކްލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދީ ހެދޭނެ. މިކަމަށް ޝައުޤުހުރި ފަރާތްތަކުން ފޯމު ލުމަށް މި ހަފްތާގައި ހުޅުވައިލާނެ." ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރޭ ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރުމަށް "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" ގެ ނަމުގައި އިތުރު ދެ ވަޤްފު އިމާރާތް ބިނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރިއަށްގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ޤުރުއާން އުނގަންނައިދިނުމަށް، ކީރިތި ޤުރުއާނަށް ހާއްސް ޤައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރައްވައި ޤުރުއާނާބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެކަމުގައިވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް