ads
ދިވެހިރާއްޖޭގެ ހައިކޯޓު-- ފޮޓޯ: ޕީއެސްއެމް
މާލޭގައި އަންހެނަކު ރޭޕްކުރި މީހަކު ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށްފި
ފޮޓޯތަކެއް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެން ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެމީހާ ޝަރުތުތަކާއި އެކު އޭރު ކްރިމިނަލް ކޯޓުން ދޫކުރަން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.
Advertisement
ފޮޓޯތަކެއް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެން ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެމީހާ ޝަރުތުތަކާއި އެކު އޭރު ކްރިމިނަލް ކޯޓުން ދޫކުރަން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރު ކުރީ މުހައްމަދު ޒުބައިރު ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން އޭރު ކްރިމިނަލް ކޯޓުގައި އެދުނީ ޒުބައިރު 15 ދުވަހަށް ބަންދުގައި ބަހައްޓައި ދިނުމަށެވެ. ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރަށް ފުލުހުން ކޯޓުގައި އެދުނީ ޒުބައިރު ދޫކޮށްލާފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ފެންނާތީ އޭނާގެ ފުށުން ބިރުދެއްކުމާއި އާއްމު އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށް އެ މައްސަލަ ފުލުހަށް ހުށަހެޅި ފަރާތުން ބުނަމުން ދާތީ އެވެ. އަދި އެ މައްސަލާގައި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބެލެވޭތީ އެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން ޒުބައިރު ދޫކޮށްލީ އޭނާ ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ބުނެ އެވެ. ޝަރުތުތަކަކާއި އެކު އޭނާ ދޫކޮށްލީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ޒުބައިރު ދޫކޮށްލަން ކުރި އަމުރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.

މި މައްސަލާގައި ހައިކޯޓުން ބުނެފައި ވަނީ އެ މައްސަލައަކީ ފުލުހުންގެ މުއައްސަސާއިން ތަހުގީގުކޮށް ނިންމާ ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަ ކަމަށެވެ. މި މައްސަލާގައި އަނިޔާ ލިބިފައިވާ ފަރާތުގެ ބަޔާނުންނާއި އެފަރާތަށް ފޮނުވާފައިވާ މެސެޖުތަކުގެ ސްކްރީން ޝޮޓުތަކުންނާއި ތުހުމަތު ކުރެވޭ ފަރާތް ކަމުގައިވާ ޒުބައިރުގެ ފަރާތުން އަނިޔާ ލިބިފައިވާ ފަރާތަށް ގުޅާ ވާހަކަދައްކާފައިވާ ކަަމަށް ބެލެވޭ ކޯލުގެ އޯޑިއޯ ރެކޯޑިން އަދި މީގެ އިތުރުން ވެސް މި މައްސަލައާ ގުޅިގެން ފުލުހުންނަށް ލިބިފައިވާ ހެއްކާއި ގަރީނާ މީގެ ކުރިން ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ހައިކޯޓުން ބުނެފައި ވެއެވެ.

މީގެ އިތުރުން ހައިކޯޓުން ބުނީ ޒުބައިރުގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގެ އަދަބަކީ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެއް ކަމަށާއި އަދި އެބާވަތުގެ ކުށްތަކަކީ އާއްމު މަސްލަހަތާއި ގުޅުން ހުރި ކުށެއް ކަމަށެވެ. ހަމައެއާއެކު އެ ކުށަކީ މުޅި މުޖުތަމައުގެ މަސްލަހަތު ވެސް ހިމެނޭ ކަމެއް ކަމަށް ހައިކޯޓުން ބުންޏެވެ.

"އިސްލާމީ ޝަރީއަތުގައި އިންސާނާގެ އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވާއިރު އެބާވާތުގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތުގެ އަބުރާއި އިއްޒަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާނެކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް،" ހައިކޯޓުން ބުންޏެވެ.

އެހެންކަމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ޒުބައިރު ޝަރުުތުތަކަކާއި އެކު ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލައަކީ މިހާރު ޝަރީއަތަށް ފޮނުވާފައިވާ މައްސަލައެއް ކަމުން ޒުބައިރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އަސްލު މައްސަލަ ހުށަހެޅިފައިވާ ކޯޓަށް ހުށަހެޅުމަށް ވެސް ހައިކޯޓުން ވަނީ ނިންމާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް