ads
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
ސިޓީ ކައުންސިލް ބައިއިލެކްޝަނަށް 10 ހާސްވޯޓް ކަރުދާސްކޮޅު
މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ބާއްވާ ބައި އިލްކެޝަނަށް ބޭނުންވާ ވޯޓް ކަރުދާސްތައް ޗާޕުކޮށް ނިންމައިފިއެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ހުސްވި 3 ދައިރާއަށް ބާއްވާ ބައި- އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ބައި އިލެކްޝަނަށް ބޭނުންވާ ވޯޓް ކަރުދާސްތައް މިހާރު ޗާޕުކޮށް ނިންމާފައިވާކަމަށެވެ. އެގޮތތުން މާލޭގެ ތިން ދާއިރާއަށް ޖުމްލަ 10،296 ކަރުދާސް ކޮޅު ޕްރިންޓްކޮށް ވަނީ ނިންމާފައެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީ އާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން އެކަންޏެވެ.

މާލޭ ސިޓީ ކައުންސިލުން ދާއިރާއެއްގެ ގޮނޑިތަކެއް ހުސްވެފައިވަނީ އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން 20 ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވުމުންނެވެ. ކައުންސިލުން ހުސްވެފައިވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިއެވެ. 

މި ދާއިރާތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން އިންތިހާބުގައި ވާދަކުރަން 3 ދައިރާއަށްވެސް ހުށައަޅާފައިވަނީ ޕީއެންސީއާ އެމްޑީޕީ ކެންޑިޑޭޓުން އެކަންޏެވެ. 

މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއަށްް ވާދަކުރާ ކެންޑިޑޭޓުން 

  1. ފާތިމަތު އިޝާން އަލީ، އައިނާއެޑަމްސް / މާލެ (ޕީއެންސީ)
  2. ހައްވާ ޝިފާނާ، މއ. ރިހިރާޅު / މާލެ (އެމްޑީޕީ)

މި ދާއިރާއަށް ވާދަކުރާ ފާތިމަތު އިޝާން އަލީ ވަނީ ރައްޔިތުން މަޖިލީހުގައި އިންތިހާބުގައިވެސް ވާދަކޮށްފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ޕްރައިމެރީގައި ވާދަކޮށް ޓިކެޓް ނުލިބުމުން އޭނާ މަޖިލިސް އިންތިހާބަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތީ ގަލޮޅު އުތުރު ދާއިރާއަށެވެ.7 ކެންޑިޑޭޓުން ވާދަކުރި އެ ދާއިރާއިން 114 ވޯޓާއި އެކު އިޝާނަށް ލިބުނީ 6 ވަނައެވެ. 

މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާއަށްް ވާދަކުރާ ކެންޑިޑޭޓުން

  1. ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން  (ޕީއެންސީ) 
  2. މުހައްމަދު އަލީ ޖިނާދު، ހ. ގްރީންޒެސްޓް (އެމްޑީޕީ)

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ  ދާއިރާއަށްް ވާދަކުރާ ކެންޑިޑޭޓުން

  1. އަލީ އައިމަން، ހ. ފުޖޭރާ ( ޕީއެންސީ) 
  2. އަހްމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3 (އެމްޑީޕީ) 

ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގައި އިންނެވި އަހްމަދު އައިފާން ވަނީ ރައްޔިތުން މަޖިލީހުގައި ތަމްސީލުކުރައްވަނީ ހެންވޭރު އުތުރު ދާއިރާއެވެ. މައްޗަންގޮޅި މެދު ދާއިރާ ގެ މެމްބަރު މޫސާ ޒަމީރު މަޖލީހުގައިވެސް ތަމްސީލުކުރައްވަނީ ހަމަ އެ ދާއިރާއެވެ. ހުޅުމާލެ ދާއިރާގެ ހުންނެވި އިބްރާހިމް ސުޖާއު މަޖލީހުގައި ތަމްސީލުކުރައްވަނީ އޭނާގެ އުފަން ރަށް ހިމެނޭ ބާރަށު ދާއިރާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް