"ސީއެންއެމް" އަށް މައުލޫމާތު ދެމުން ޝައްމޫން ވިދާޅުވީ މުލިން ކަރަންޓު ކެނޑުނީ އިއްޔެ ހެނދުނު 8:15 ގައި ކަަމަށެވެ.
ފެނަކައިން މައުލޫމާތި ދިން ގޮތުގައި ކަރަންޓު ކެނޑުނީ ލޯޑު ބޮޑުވެގެންކަމަށާއި އަދި މައްސަލަ ހައްލުކުރުމަށް އިއްޔެއިން ފެށިގެން މަސައްކަތްކުރަމުންދާކަން އެ ފަރާތުން ބުނެފައިވާކަމަށް މުލި ކައުންސިލް ރައީސް ވިދާޅުވި އެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ރަށުގައި އާއްމު ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށްވާއިރު އޮފީސްތަކާއި ސްކޫލްތައްވެސް ބަންދުކޮށްފައިވާކަމަށް ޝައްމޫން ވިދާޅުވި އެވެ. ކަރަންޓު މުޅި ރަށުން ކެނޑިފައިވީނަމަވެސް ކަރަންޓު ކެނޑުނު ވަގުތުން ފެށިގެން ފެނަކައިން އައީ ހޮސްޕިޓަލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންކަމަށް ޝައްމޫން ވިދާޅު ވި އެވެ.