ފެބްރިގާސް ވަނީ މިދިޔަ ސީޒަނުގައި ވަގުތީގޮތުން ކޯމޯއަށް ކޯޗުކޮށްދީފައެވެ. އަދި މިހާރުވަނީ ރަސްމީކޮށް އެ ކްލަބިގެ ހެޑް ކޯޗުކަމުގެ މަގާމަށް ފެބްރިގާސް ހަމަ ޖައްސާފައެވެ.
ފެބްރިގާސް އެ ކްލަބަށް ހަމަ ޖައްސާފައިވަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ.
އާ ސީޒަނަށް ފެބްރިގާސްގެ ކޯޗު ކަމުގެ ދަށުން ނުކުންނަ ކޯމޯ އިން ވަނީ ރޯމާ އަށް ކުޅެމުން އައި އިޓަލީގެ ފޯވާޑް އަންޑްރެއާ ބެލޮއްޓީ އާއި ކަލިއާރީ އަށް ކުޅުނު ޑިފެންޑަރު އަލްބާޓޯ ޑޮސޭނާގެ ސޮއި ހޯދާފައެވެ. އަދި ޔުނައިޓެޑް ދޫކޮށް ފްރާންސްގެ ރަފެއަލް ވަރާންވެސް އަންނަ ސީޒަންގައި ކުޅޭނީ ކޯމޯއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.