ގާސިމް މިހެން ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުންނެވެ.
ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަތު ހުސައިން ޝަރީފެވެ.
ހުށަހަޅުއްވައިފައިވަނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަނަައިބު އުނިކުރުމަށެވެ. އެ ބަދަލު ގެންނަންޖެހޭ ސަބަބެއްކަމަށް ބިލުގައި ފާހަގަކޮށްފައިވަނީ ބާ ކައުންސިލަށް ހަގީގީ މިނިވަންކަން ދިނުމަށެވެ.
ގާސިމް ވިދާޅުވީ ބިލުގައިވާ ބަންޑާރަނައިބު އުނިކުރާ މާއްދާ ފިޔަވައި އެހެން ހުރިހާ ބަޔަކަށް ތާއީދުކުރައްވާ ކަމަށެވެ.
މީގެއިތުރުން ދައުލަތް ހިންގުމުގައި ކަންކަން ހިނގާ ގޮތުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއަށް ބަރާބަރަށް އަޕްޑޭޓްވާންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ކަމެއް އިސްލާހު ކުރުވޭ ގޮތަކީ ހުރިހާ ބާރެއް ދޫކޮށްލުމެއް ނޫން ކަމަށާއި އިސްލާހަށް ބޭނުންވާނީ އިޚުލާސްތެރި ނިޔަތެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވާނީ އެފަދައިން ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.