އެޗްޕީއޭ އިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި 43 މީހަކަށް އެއިޑްސް ޖެހިފައިވާ އިރު، އޭގެ ތެރެއިން 16 މީހަކު ވަނީ މަރުވެފަ އެވެ. އަދި މިދިޔަ ތިން އަހަރުގެ ތެރޭގައި އިތުރު ހަ މީހަކަށް އެ ބަލި ޖެހިފައިވެ އެވެ.
އެއިޑްސް ޖެހިފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ 15-24 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުފުރާގެ 10 މީހަކަށް އެ ބަލި ޖެހިފައިވާ އިރު، 25-34 އަހަރާ ދެމެދުގެ ހަ މީހަކަށް އެ ބަލި ޖެހިފައިވެ އެވެ.
މާބަނޑު ދުވަސްވަރު ދުރާލައި އެޗްއައިވީ އަށް ޓެސްޓު ކުރުމަށްފަހު، ޕޮޒިޓިވް ވާނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.