އެ ވުޒާރާއިން މި ގޮތަށް އަންގާފައިވަނީ ސްކޫލުތަކަށް ފޮނުވި މެމޯގައެވެ.
އެ މެމޯގައިވާ ގޮތުން ހާއްސަ ހާލަތެއް ދިމާވެ ހުކުރު ދުވަހު ހަރަކާތެއް ބާއްވަން ޖެހިއްޖެނަމަ، އެ ހަރަކާތަކަށް މުދައްރިސުން ނެރެންވާނީ ވުޒާރާގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހުގައިކަމަށެވެ. އަދި މިކަން ކުރަނީ މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އެއްވެސް ޓާމް ޗުއްޓީއެއްގައި އެއްވެސް މަސައްކަތަކަށް ޓީޗަރުން ސްކޫލްތަކަށްް ނުނެރުމަށްވެސް ތައުލީމާއި ބެހޭ ވުޒާރާއިން ވަނީ ސްކޫލްތަކަށް އަންގާފައެވެ. އެ ވުޒާރާއިން ސްކޫލްތަކަށް ފޮނުވި މެމޯއެއްގައި ވަނީ މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދުގެ އިތުރުން މިޑްޓާމް ބަންދުގައި ޓީޗަރުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއްކަމަށެވެ.
މިއަހަރުގެ ދީރާސީ އަހަރު ފެށުމުން މިނިސްޓްރީން އެންމެ އިސްކަމެއްދޭނީ ދޭނީ މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުންކަމަށް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފައެވެ. އަދި ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށްވެސް ފިޔަވަޅުތަކެއް އަޅާނެކަމަށް ވަޒީރު ޝަފީއު އޭރު ވިދާޅުވިއެވެ.