ads
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
މުނައްވަރަށްް ރުހުން ދޭން ފެނޭތޯ ހޯމަައިގެ ކުރިން ކޮމެޓީން ނިންމަނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަންކުރަން ރުހުން ދޭން ފެނޭތޯ އަންނަ ހޯމައިގެ ކުރިން ނިންމަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
Advertisement

ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަންކުރަން ރައީސް ޑރ. މުއިއްޒު ހުށައެޅުވުމުން އެ މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމެޓިއަށްް ފޮނުއްވީ މިއަދުއެވެ. 

މުނަެއްވަރުގެ ނަމަށް ރުހުން ދިނުމަށް ދިރާސާކުރުމުގެ މަސައްކަތް ކޮމެޓީން މިހާރު ވަނީ ފަށާފައެވެ. މުނައްވަރުގެ މައްސަލައިގައި އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން ގޮތެއް ނިންމުމަސް ކޮމެޓިއަށްް ހުށައެޅީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. އެ ހުށައެޅުން ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ. 

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ މިވަގުތު މުނައްވަރު ރާއްޖޭން ބޭރުގައި ހުންނެވުމުން އިންޓަވިއު ތާވަލް ކުރެވެން އަދި ނެތްކަމަށެވެ. އެހެންނަނަމަވެސް މުނައްވަރަށް ރުހުން ދިނުމަށް ބަލަން ޖެހޭ ކަންކަން ބެލުމަށް މައުލޫމާތު ސާފުކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް މިހާރު ސިޓީ ފޮނުވާފައިވާކަމަށެވެ. 

ވަޒީރުންގެ ފެންވަރުގައި ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ހަމަޖެއްސެމަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިއްޔެ އެވެ.

މުނައްވަރު މިހާރު ހުންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގައެވެ. މުނައްވަރަކީ މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. 

ގަވަރުނަރުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އައްޔަންކުރެއްވުމަށް ރައީސް ނިންމެވީ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށް، ރައްޔިތުން މަޖިލީހުން ރައީސްއަށް ލަފާދިނުމުންނެވެ. އެގޮތުން ރައީސް ވަނީ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް އެ މަގާމުން އިއްޔެ ވަކިކުރައްވައިފައެވެ.

ހާޝިމް ވަކިކުރުމާމެދު މަޖިލީހުގައި ނެގި ވޯޓުގައި އޭނާ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދިނެވެ. އެކަމާ ދެކޮޅަށް ވޯޓު ދިނީ ނުވަ މެންބަރެކެވެ.

ހާޝިމް މަގާމުން ވަކިކުރަން ފާސްކުރި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް