ads
ކުރީގެ މިނިސްޓަރު މުނައްވަރު
މުނައްވަރާއި ގުޅޭ ޝަކުވާ ހުށައަޅަން މަޖިލީހުން އެދެފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުއިއްޒު ފޮނުއްވި އަހްމަދު މުނައްވަރާއި ގުޅޭ ޝަކުވާ ހުށައެޅުމުގެ ފުރުސަތު މަޖިލީހުން ހުޅުވާލައިފިއެވެ.
Advertisement

މުނައްވަރުގެ ނަމާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ މާދަމާގެ 14:00 ކުރިން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މަޖިލީހުން ބުނެއެވެ. އަދި ޝަކުވާ ހުށައަޅާނީ އެ ޝަކުވާ ހުށައަޅާ ފަރާތުގައި ނަމާއި އެޑްރެސް އަދި ފޯން ނަމްބަރު އެނގޭގޮތަށްް މަޖިލީހުގެ އީމެއިލްއަށް ކަމަށެވެ. 

ވަޒީރުންގެ ފެންވަރުގައި ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ހަމަޖެއްސެމަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިއްޔެ އެވެ. އެ މައްސަލަ މަޖިލީހުން މާލިއްޔަތު ކޮމެޓީއަށް ފޮނުވުމުން އެ މަސައްކަތް އެ ކޮމެޓީން މިއަދު ވަނީ ފަށާފައެވެ. އަދި އަންނަ ހޯމަދުވަހުގެ ކުރިން ގޮތެއް ނިންމުމަށްްވެސް ކޮމެޓީން ވަނީ މިއަދު ފާސްކޮށްފައެވެ. 

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ މިވަގުތު މުނައްވަރު ރާއްޖޭން ބޭރުގައި ހުންނެވުމުން އިންޓަވިއު ތާވަލް ކުރެވެން އަދި ނެތްކަމަށެވެ. އެހެންނަނަމަވެސް މުނައްވަރަށް ރުހުން ދިނުމަށް ބަލަން ޖެހޭ ކަންކަން ބެލުމަށް މައުލޫމާތު ސާފުކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް މިހާރު ސިޓީ ފޮނުވާފައިވާކަމަށެވެ. 

މުނައްވަރު މިހާރު ހުންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގައެވެ. މުނައްވަރަކީ މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. 

ގަވަރުނަރުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އައްޔަންކުރެއްވުމަށް ރައީސް ނިންމެވީ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށް، ރައްޔިތުން މަޖިލީހުން ރައީސްއަށް ލަފާދިނުމުންނެވެ. އެގޮތުން ރައީސް ވަނީ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް އެ މަގާމުން އިއްޔެ ވަކިކުރައްވައިފައެވެ.

ހާޝިމް ވަކިކުރުމާމެދު މަޖިލީހުގައި ނެގި ވޯޓުގައި އޭނާ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދިނެވެ. އެކަމާ ދެކޮޅަށް ވޯޓު ދިނީ ނުވަ މެންބަރެކެވެ.

ހާޝިމް މަގާމުން ވަކިކުރަން ފާސްކުރި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް