ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ދުވާރުތަކުގެ މަތީގައި ބަހައްޓައިފައިވާ ގޮނޑިތަކާއި މޭޒުތަކެއް. ފޮޓޯ: އެޗްޑީސީ
ދުވާރުތަކުގެ މަތީގައި ބަހައްޓައިފައިވާ ގޮނޑިތަކާއި މޭޒުތައް ނަގަން އެޗްޑީސީން އަންގައިފި
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުން އާއްމުންނަށް ދަތިވާ ގޮތަށް ދުވާރުތަކާއި ހެޖުތަކުގެ ތެރޭގައި ބަހައްޓާފައިވާ ގޮނޑި މޭޒުފަދަ ތަކެތި އެ ތަންތަނުން ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިން އަންގައިފި އެވެ.
Advertisement

އެޗްޑީސީން މިއަދު ނެރުނު އިއުލާނެެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެކިއެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި އަދި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދެމުންގެންދާތީ، އެކަމުގެ ދަތިތައް އާއްމުންނަށް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

އޭގެތެރޭގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާ ގޮތަށް ދުވާރުތައް ބޭނުން ކުރުމާއި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރުކުރުމާއި އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތްތައް ކުރުމުގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލްތަކުން އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެހެންކަމުން ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި އެޗްޑީސީން ވަނީ އަންގާފަ އެވެ.

"އެހެންކަމުން، އާއްމުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި އަދި ހެޖުތެރޭގައި ބެހެއްޓިފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނަގައިދިނުމަށް ދަންނަވަން" އެޗްޑީސީގެ އެންގުމުގައި ބުނެފައިވެ އެވެ.

އެޗްޑީސީން ވަނީ ވިޔަފާރިކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ އުސޫލާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތަކާ މެދު ކަމާ ގުޅުން ހުރި ވުޒާރާތައް މެދުވެރިކޮށް އުސޫލުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް