ads
ހުޅުމާލޭ ހާފްވޭ ހައުސް ފޮޓޯ: އެމްޓީސީސީ
މަސްތުގެ ފަރުވާއަށް އާ ބޭހެއް ދިވެހި ބާޒާރަށް ނެރެން އެންޑީއޭއިން ނިންމައިފި
މަސްތުވާތަކެތީގެ ޝިކާރައަަކަށް ވެފައިވާ މީހުނަށް ފަރުވާ ދޭ އާ ބޭހެއް އަންނަ މަހު ރާއްޖޭގައި ބޭނުން ކުރާނެކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
Advertisement

އެންޑީއޭގެ ޗެއާ ޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރް މިކަން އިއުލާންކުރީ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

ލުބުނާ ވިދާޅުވީ އެންޑީއޭގެ ބޯޑުން އިއްޔެ ވަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ފަރުވާ އަށް އިތުރު ބޭހެއްގެ ފަރުވާ ފައްޓަން ނިންމާފައިކަމަށެވެ. ލުބުނާ ވިދާޅުވ އެއީ ޑްރަގްއަށް ފަރުވާދޭ މެޑިކަލް އެސިސްޓެއޓް ޑޮކްޓަރީ ބޭހެއް ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ހުންނަ ޑްރަގް ގެ ފަރުވާދޭ "ހާފްވޭ ހައުސް" ގައި ގާއިމް ކުރުމަށް ނިންމާފައިވާ އައުޓް ޕޭޝަންޓް ކްލިނިކް އިން އެބޭހުގެ ޓްރީޓަމްންޓްއަށް ފަރުވާ ފެށިގެން ދާނީ މިމަހުގެ ތެރޭގައި ނޫނީ އަންނަ އޯގަސްޓް މަސް ފެެށޭއިރު ކަަމަށް ލުބުނާ ވިދާޅުވިއެވެ.

އެންޑީއޭއިން އެންމެ ބޮޑަށް ވިސަނަނީ މަސްތުވާ ތަކެތީގެ ފަރުވާ ދޭ ނިޒާމްގެ ތެރޭގައި ހިމެނޭ ޓްރީޓްމަންޓްތައް ވަރުގަދަ ކުރުންކަމަށްވާއިރު އޭގެ ތެރޭގައި އިތުރު ޓްރީޓްމަންޓްތައް ތާރަފްކުރަން ކުރަން ނިންމާފައިވާކަމަށް ލުބުނާ ވިދާޅުވިއެވެ.

"އެންޑީއޭގެ ބޯޑުން ވަނީ ފާސްކޮށްފައި އިނގިވަޑައިގަންނަވާނެ ހުޅުމާލޭ ހާފް ވޭ ހައުސްގައި ދެވޭ ފަރުވާތަކުގެ ތެރެއަށް މިއަދު ނިންމީ އައުޓް ޑޭޝަން ކްލިނިކް އެއް އުފައްދާ ފަރުވާގެ ނިޒާމް ވަރުގަދަ ކުރަން، އޭގެ ތެރޭގައި އަޅުގަނޑުމެންގެ ކްލައެންޓުންނަށް މެޑިކޭޓެޑް އެސިސްޓެޑް ފަރުވާ ދެވޭގޮތައް މިހާރު ވަނީ ނިންމާފައި" އިއްޔެ ދައުލަތުގެ މީޑިއާ އާ ވާހަކަ ދައްކަމުން ލުބުނާ ވިދާޅުވި އެވެ.

އެފަރުވާއަކި ކޮމިއުނިޓީގައި ހުރެގެން އައުޓްޕޭޝަންޓް ކްލިނިކް އުން ފަރުވާ ދޭ ނިޒާމެއްކަމަށް ލުބުނާ ވިދާޅުވިއެވެ.

"ވާހަކަ އަކީ އާއިލާއާއި އެއްކޮށް ގޭގައި ހުރެގެން ކޮންމެދުވަހަކު އައިއްސަ ފަރުވާއަށް އައުމުން މެޑިކޭޓެޑް އެސިސްޓެޑް ފަރުވާ ޑޮކްޓަރެއްގެ ލަފާގެ މަތިން ދޭނެ އިންތިޒާމް ހަމަޖެއްސުން، އޭގެ މާނައަކީ ރެސިޑެންޝިއަލް ފަރުވާގެ އެތެރެއަށް ވަންނަ ކުދިން މަދުވުން ނޫނިއްޔާ އަޅުގަނޑުމެން ގެ ޑްރްގް ކޯޓުން ހުކުން ކުރާ ފަރާތްތަކަށް ކުދިންނަށް ޖާގަ ދެވިފައި ދެން ތިބި އެހެން މީހުންނަށް އައުޓް ޕޭޝްޓް ޓްރީޓްމަންޓްގެ ފަރުވާ ލިބޭނެ ގޮތް އަޅުގަނޑުމެން މި މެދުވެރި ކުރީ" ލުބުނާ ވިދާޅުވި އެވެ.

އެއާއެއްކޮށް މާލޭގައިވެސް އެ ނިޒާމް ގާއިމް ކުރައްވާނެކަމަށް ފާހަގަކޮށް ލުބުނާ ވިދާޅުވީ މިހާރު ފަރުވާ ދެމުންދާ ޑްރަގް އެޖެންސީގެ ގްރީންގޭގައި ހުންނަ ކްލިނިކް މެދުވެރިކޮށްވެސް، އެ ފަރުވާ އެންޑީއޭއިން ހުޅުވާލާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް