އޮލިމްޕިކްސް ފެށެން ކުޑަތަންވެފައިވަނިކޮށް ކެނެޑާގެ ދެ އޮފިޝަލުން ރަށަށް ފޮނުވާލީ، ނިއުޒީލަންޑްގެ ޕްރެކްޓިސް ސްޓޭޑިއަމް މަތިން ޑްރޯން ދުއްވައި ޕްރެކްޓިސް ރެކޯޑް ކުރި ކަމަށް ކުރެވުނު ތުހުމަތާއެކުއެވެ. ކެނެޑާއިން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ކުޅޭނީ ނިއުޒީލަންޑާ ދެކޮޅަށެވެ.
ޑްރޯން އުދުއްސި މައްސަލައިގައި ނިއުޒިލޭންޑުންވަނީ ގޭމްސްގެ ކަމާބެހޭ ފަރާތްތަކުގައި ޝަކުވާކޮށްފައެވެ. އަދި އެ މައްސަލަ ބަލަން ފެށުމާއެކު އެކަމުގައި ހިމެނޭ ކެނެޑާގެ ދެ އޮފިޝަލުންވަނީ ރަށަށް ފޮނުވާލާފައެވެ. ދެ އޮފިޝަލުންވެސް އެ ހާދިސާއާ ގުޅިގެން މާފަށް އެދި، އެކަމަކީ މުޅި ޓީމުގެ ކަމެއް ނޫން ކަމަށްބުނެ ކަމުގެ ޒިންމާވަނީ އުފުލާފައެވެ.
ކެނެޑާގެ އޮލިމްޕިކް ކޮމިޓީންވެސް އަންނަނީ މި ދެ އޮފިޝަލުގެ މައްސަލަ ބަލަމުންނެވެ.