ads
ރައީސް ޑރ. މުއިއްޒު
އަންހެނުންނަށް ދޭ ލޯނުން %25 ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް
އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނުގެ 25 އިއްސައްތަ ދޫކުރާނީ ނުކޫލެދުންތެރިކަން ހުންނަ ފަރާތްތަކަކަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ދޫކުރާ "ފަށާ މަދަދު ލީސިން" ލޯނު ދޫކަރަން ނިންމާފއިވަނީ  އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިންނެވެ. 

މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަންހެނުންނަށްް ހާއްސަކޮށްގެން ހުޅުވާލި 100 މިލިއަން ރުފިޔާގެ ލޯނަށް 216 މީހުން ކުރިމަތިލާފައިވާކަމަށެވެ. 

އޯގާތެރި މުޖުތަމައެއް ގާއިމުކުރުމަށް އެންމެ މުހިއްމު އެއްކަމަކީ އެއްވެސް މީހަކު ބާކީނުކޮށް އެންމެންވެސް ޝާމިލުކޮށްގެން ކުރިއަށްދާ މުޖުތަމައެއް ބިނާކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންހެން ވިޔަފާރުވެރިނަނަށް ހުޅުވާލި ލޯނުން 25 އިންސައްތަ ހާއްސަކުރާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްކަމަށެވެ.

އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ފަށާ "މަދަދު - ލީޒިން" ސްކީމުގެ މަގްސަދަކީ ދިވެހި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.

ފަށާ މަދަދު ލީސިންގެ ދަށުން 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެކަމަށާއި ގްރޭސް މުއްދަތުގެ ގޮތުގައި 6 މަސް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ފަސް އަހަރު ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ. އަދި އިންޓަރެސްޓުގެ ގޮތުގައި 8 އިންސައްތަ މި ލޯނުން ނަގާނެއެވެ.

އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމް ތަޢާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވަޢުދުގެ ތެރޭގައިވެސް ހިމެނޭކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް