ads
މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ސޯލާ ސިޓީ ގާއިމުކުރާނީ ބަނޑޮސް ކައިރީ އޮންނަ ފަޅެއްގައި: މުއިއްޒު
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ފްލޯޓިން ސޯލާ ޕެނަލްތަކެއް ގާއިމްކުރުމަށް ހަދާ ސޯލާ ސިޓީއެއް މަޝްރޫއެއް ކުރިޔަށް ގެންދާނީ ބަނޑޮސް ކައިރީގައި އޮންނަ ފަޅެެއްގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ފްލޯޓިން ސޯލާ ޕެނަލްތަކެއް ގާއިމްކުރުމުގެ ބިޔަ މަޝްރޫގެ ހުއްދަ ދޫކޮށްފައިވަނީ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕްއަށެވެ. މި ހުއްދައަކީ އެސްއީޒެޑް ގާނޫނުގެ ދަށުން ދޫކުރި ފުރަތަމަ ހުއްދަ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒުވަނީ މި ސޯލާ ސިޓީ ތަތައްގީކުރައްވާނެ ތަން އިއުލާންކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދާނީ ބަނޑޮސް ކައިރި ފަޅެއްގައިކަމަށެވެ. އެހެންނަމަވެސް އެއީ ކޮންފަޅެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. 

ފްލޯޓިން ސޯލާ ޕެނަލްތަކެއް ގާއިމްކުރުމުގެ ބިޔަ މި މަޝްރޫއަކީ 2028 އާ ހަމަޔަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން މި ސަރުކާރުން  ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެހީތެރިވެދޭނެ މުހިންމު މަޝްރޫއެއް ކަމުގައި އިކޮނިމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭން 150 މެގަވޮޓުގެ ފްލޯޓިިން ފޮޓޯ ވޮލްޓައިކް (ޕީވީ) ނިޒާމާއި އެއިން ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވިގެން ދާނެ ކަމުގަ އެވެ. އަދި ބެޓަރީ ސިސްޓަމަކާ އެކީ މި ނިޒާމު މައި ގްރިޑާ ގުޅާލެވޭނެކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އަބްރަކްޒަސްގެ ސީއީއޯ ކޯލްޓާ އީޑީ ވިދާޅުވީ ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްދީ، އެެހެން ސިނާއަތްތައް ވެސް ކުރިއެރުވުމަށް މި މަޝްރޫއު އެހީތެރިވެދޭނެ ކަމަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް