ޕީސީބީގެ މަގާމުން ވަކިކޮށްފި، ސަބަބެއް އަދި ނޭނގޭ: ފިރާޒް
މުހައްމަދު އިޔާދު މަސްއޫދު
28 ޖުލައި 2024 - 16:01:56
މުހައްމަދު ފިރާޒް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑްގެ ނައިބު ރައީސްގެ މަގާމުން ދައުރު ހަމަ ނުވަނީސް ވަކިކޮށްފި އެވެ.
ސީއެންއެމް އާ ވާހަކަ ދައްކަމުން ފިރާޒް ބުނި ގޮތުގާ ވަޒީފާއިން ވަކި ކުރި ސަބަބެއް އަދި އިނގިފަކައެއް ނެތެވެ. ފިރާޒް މިމަގާމަށް އައްޔަނު ކުރެވުނީ 2022 ވަނަ އަހަރު، އޭރު ޕީސީބީގެ ރައީސްއަކަށް ހުންނެވި ހަސަން ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭރުގެ ނައިބު ރައީސް އާސިމް މުހައްމަދު ޕީސީބީގެ ރައީސްގެ ގޮތުގާ ހަމަ ޖެއްސުމުންނެވެ.
ފިރާޒް ވަނީ ރައީސް މުހައްމަދު މުއިއްޒުއަށް ދައުލަތުގާ މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވީތީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ޝުކުރު އަދާ ކޮއްފަ އެވެ.
މިޕޯސްޓުގާ ފިރާޒް އޭނާ ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ބުނެ ޕީސީބީ އަށް ކުރިއަށް އޮތްތާގާ ކާމިޔާބަށް އެދޭ ކަމަށް ބުނެފަ އެވެ.
ޕީސީބީގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް