ads
މާލެ ސިޓީ ކައުންސިލުން މިރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ސިޓީ ކައުންސިލުގެ ހަރަދުތައް ކުޑަކޮށް، ހިދުމަތް ހަރުދަނާ ކުރެވިއްޖެ: އާޒިމް
މާލެ ސިޓީ ކައުންސިލުގެ ހަރަދުތައް ކުޑަވެގެންދިޔަ އިރު އެ ކައުންސިލުން ދޭ ހިދުމަތުގެ ފެންވަރު ވެސް އިތުރަށް ހަރުދަނާ ވެއްޖެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

 މޭޔަރ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ މިދިގު ތާރީޙޫގައި ވެރިކަމުގެ އެކި ނިޒާމު ދިވެހިން ތަޖްރިބާކޮށްފައިވާކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލުވެގެން އައިއިރު، ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ނިޒާމުގެ ތެރެއިން އުފަންވި ލާމަރުކަޒީ ނިޒާމު ކަމަށާއި، ލާމަރުކަޒީ ނިޒާމާއެކު ރައްޔިތުންނަށް ބަސްބުނުމުގެ ބާރު ލިބިފައިވާކަމަށް ވިދާޅުވި އެވެ.  

އާޒިމް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގެ ޒިންމާ އޭނާއަށް މަތި ކުރެވުނު ދުވަހުން ފެށިގެން ސިޓީ ކައުންސިލު ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ފައިސާ ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްވުރެ ހަރުދަނާ ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ވޭތުވެ ދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި މި އަހަރު ގެ ފުރަތަމަ ހަ މަސް ދުވަހު ހަރަދުއަޅައި ބަލާއިރު، ސިޓީ ކައުންސިލު ގެ ހަރަދުން ވަނީ 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފަ،" އާޒިމް ވިދާޅުވި އެވެ.

އެ އަދަދު ކުޑަކުރީ ސިޓީ ކައުންސިލު ހިންގުމަށް ކުރަމުން އައި ހަރަދުގެ ތެރެއިން 11 މިލިއަން ރުފިޔާ އާއި އެ ކައުންސިލުގެ ކެޕިޓަލް ހަރަދުން ނުވަ މިލިއަން ރުފިޔާ ކުޑަކޮށްގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

މޭޔަރުގެ ވާހަކައިގައި މާލެ ސިޓީއަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މާލެ ސިޓީއަށް ކުރިމަތިވެފައިވާ މިމައްސަލަތައް ހައްލުކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.

މިރޭގެ ޖަލްސާގައި އާޒިމް ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވައިލައްވައި އެ މައްސަލަ ހައްލު ކުރުމަށް މިދިޔަ ސަރުކާރުން ކުރި މަސައްކަތަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް އާޒިމް ދެއްވި އެވެ.

އޭގެއިތުރުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބުޅަލުގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް ހަދަން ފެށި ކެޓް ޝެލްޓާގެ މަސައްކަތް 70 އިންސައްތަ ނިމިފައިވާކަން އާޒިމް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް