ads
މުނައްވަރު އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރެއްވުން. ފޮޓޯ: ރައީސް
ގަބޫލުނުކުރާ ކަންތަކުގައި އަޑުއުފުލާނަން، އިސްތުފާވެސް ދޭނަން: މުނައްވަރު
ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ފަދަ ކަމެއް ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ކުރާނަމަ އެކަމުގައި އަޑު އުފުލާ އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނާނެ ކަމަށް ގަވަރުނަރުގެ މަގާމަށް އައްޔަނުކުރަން ރައީސް ނަން ފޮނުއްވާފައިވާ ޑރ. އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
Advertisement

މުނައްވަރު މިހެން ވިދާޅުވީ ގަވަރުނަރުގެ މަގާމަށް އޭނާ އައްޔަންކުރަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާކުރާ މައްސަލާގައި މިއަދު ބޭއްވި އިންޓާވިއުގަ އެވެ.

އިންޓާވިއުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއި ގައުމަށް ފައިދާވާ ކަމެއް ކުރާނަމަ އެކަމަށް ހުރަހެއް ނާޅާނެކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ގެއްލުންވާ ފަދަ ކަމެއް ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ކުރާނަމަ އެކަމާއި ދެކޮޅަށް  އަޑު އުފުލާ އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނާނެކަމަށެވެ. އަދި އެއީ މިނިވަން މުވައްސަސާގެ ގާނޫނީ ވާޖިބެއްކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ. 

"ސަރުކާރުން ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރާނަމަ އެކަމަކަށް ހުރަހެއް ނާޅާނަން. އެކަމަކު ރައްޔިތުންނަށް އަދި ގައުމަށް ވެސް ގެއްލުން ވާކަމެއް ވިއްޔާ އެކަމުގެ މަޝްވަރާ ވެސް އަދި އެކަމުގައި ނުރުހުން ވެސް ފާޅުކުރާނަން, އަދި އިސްތިއުފާ ދޭން ޖެހިއްޖިއްޔާ އިސްތިއުފާ ދޭނަން." ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މުނައްވަރު ވިދާޅުވި އެވެ.

 

މުނައްވަރު ވިދާޅުވީ ސަރުކާރު ހަމަ ބޭނުންވާއިރަށް ފައިސާ ޗާޕުކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫންކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން މެނުވީ ފައިސާ ޗާފުނުކުރާނެކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލުކުރާ އުސޫލުތަކެއް އެބަހުރި. އުސޫލުތަކުގައި ހިފަހައްޓާނަން. އަޅުގަނޑު ގަބޫލުނުކުރާ އެއް އުސޫލެއް އެއީ އެމްއެމްއޭއިން ކޮންމެ ހާލަތެއްގައި ސަރުކާރު ބުނާ އިރަކަށް ފައިސާ ޖަހަން ޖެހޭ ކަމަށް." މުނައްވަރު ވިދާޅުވި އެވެ.

މިނިވަން މުވައްސަސާ ކޮމެޓީން ވަނީ މާދަމާގެ ކުރިން މުނައްވަރު ގަވަރުނަރުގެ މަގާމަށް އައްޔަންކުރަން ކޮމެޓީން ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށް ފާސްކޮށްފަ އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ ގޮތުގައި ކުރިން ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރީ މިމަހުގެ 22 ވަނަދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް