ads
މަގޫދޫގައި ޕްލާސްޓިކް މަދުކުރުމަށް ފެށި ނެޕީ ކެމްޕެއިނުގެ ތެރެއިން.
ފޮތި ނެޕީ އަށް ބާރު އަޅަން މަގޫދޫގައި ޕްރޮގްރާމެއް ފަށައިފި
ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރުމުގެ ގޮތުން ބާޒާރުހައި ވިއްކަން ހުންނަ ޑިސްޕޯސަބަލް ނެޕީގެ ބަދަލުގައި ފޮތި ނެޕީ ބޭނުންކުރުމަށް ބާރުއެޅުމުހެ ގޮތުން "ބުޑު ފޮތި" ގެ ނަމުގައި ނ. މަގޫދޫގައި ޕްރޮގްރާމެއް ފަށައިފި އެވެ.
Advertisement

އެއީ މަގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށު ކައުންސިލާއި ސިއްހީ މަރުކަޒުން އިސްނަގައިގެން ސޮނެވާގެ އެހީގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މީގެ މައިގަނޑު މަގުސަދަކީ ރަށުގައި އުފެދޭ ނެޕީ ކުނި މަދުކޮށް، ރަށަށް އެތެރެ ކުރެވޭ ޑިސްޕޯބަސަލް ނެޕީ މަދުކޮށް، މުޖުތަމައުގައި ރީޔުސަބަލް ނެޕީ ބޭނުންކުރުމުގެ ސަގާފަތެއް އާލާކުރުމެެވެ.

މި ޕުރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ހަރަކާތުގައި ކޮންމެ އާއިލާއަކަށްވެސް ރީޔުސަބަލް ނެޕީ ކިޓެއް ހަވާލުކޮށް އެކިޓް ބޭނުންކުރާނެ ގޮތުގެ މަޢުލާމޫތު ވަނީ ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން ދަރިންނަށް ރައްކާތެރި ސިއްހީ ވެއްޓެއް ކަށަވަރުކުރުމަށް މަސައްކަތްކޮށް އެކަމަށް ބާރުއަޅާ އާދަތައް އިސްކުރުމަށް އެއްބަސްވެ ޕްލެޖެއްގައި ޕްރޮގްރާމްގެ ބައިވެރިން ސޮއި ވެސް ކޮށްފައިވެ އެވެ.

ބުޑު ފޮތި ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން މި ވަގުތު ރަށުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ނެޕީ ބޭނުންކުރާ ގޮތާއި ގުޅޭ ސާވޭއެއް ކޮށް އެ ކަމާ ބެހޭ މައުލޫމާތު ވެސް ވަނީ އެއްކޮށްފަ އެވެ.

your imageމަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް "ބުޑު ފޮތި" ޕްރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މަގޫދޫ ކައުންސިލް

ބުޑު ފޮތި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މާޖިދާ ހަސަން ވިދާޅުވީ، ނެޕީ ކުނި މެނޭޖްކުރުމަކީ ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގަ އެވެ. އަދި ނެޕީ ކުނި ޖަމާވެފައި ހުރުމަކީ ހެލްތު ހެޒާޑެއް ނުވަތަ އޭގެ ސަބަބުން ސިއްހަތައް ނުރައްކަލެއް ކުރިމަތި ކުރުވަފާނެ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސޮނެވާ ނަމޫނާގެ ރެޑިއުސް މެނޭޖަރު ހަދީޖާ ހާމިދު ވިދާޅުވި ގޮތުގައި، ތިން މަހުގެ ޓްރައިލްގެ ދަށުން ކުރިއަށް މަސައްކަތްތައް ރާވާލާނެ ގޮތުގެ ޑޭޓާ ލިބޭނެ އެވެ.

ބުޑު ފޮތި ޕްރޮގުރާމު ފެށީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ނެޕީ ބޭނުންކުރާ ގޮތާ ގުޅޭ ގޮތުން މަގޫދޫގައި ސާވޭއެއް ކުރިއަށް ގެންދިޔުމަށް ފަހު އެވެ. އެ ސާވޭއިން ދައްކާ ގޮތުން މަހެއްގެ މައްޗަށް އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ނެޕީ ގަތުމަށް ތުއްތު ކުއްޖަކު ބަލާ އާއިލާއަކުން މަހަކު 831ރ. ހަރަދު ކުރެ އެވެ. އެއީ ތިން އަހަރު ދުވަހަށް ބަލާނަމަ 30،000ރ. އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް