ads
ފ. ނިލަންދޫ މުޒާހަރާގެ ތެރެއިން
ސުކޫލު ކެޕްޓަން ހޮވުމުގައި ހިޔާލު ތަފާތުވެ ނިލަންދޫގައި މުޒާހަރާ ކޮށްފި
ސްކޫލް ކެޕްޓެން ހޮވުމުގައި ހިޔާލުތަފާތުވުން އުފެދި ފ.ނިލަންދޫގައި ބޮޑު މުޒާހަރާއެއް ފަށައިފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދމުން ނިލަންދޫ ސްކޫލްގެ ބެލެނިވެރިއެއް ބުނީ ސްކޫލްގެ ގެ ކެޕްޓަން ހޮވުމާ ދޭތެރޭގައި އުފެދިފައި އޮތް ހިތްހަމަ ނުޖެހުމަކާ ގުޅިގެން ބެލެނިވެރިންގެ ފަރާތުން މުޒާހަރާ އެއް މިއަދު ފަށަފައިވާކަމަށެވެ. 

މައްސަލަ ފެށުން ގޮތަށް އަލިއަޅުވާލަމުން އޭނާ ބުނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގައި ދެ ކުއްޖަކަށް ވޯޓެއް ނަގައި، ނަތީޖާ އިއުލާން ކުރި ހިސާބުން އެއް ކުއްޖެއްގެ ފަރާތުން ފަރާތުން މިނިސްޓްރީގައި މައްސަލަތަކެއް ޖައްސާފައިވާކަމަށެވެ. 

"ބޮޑަށް އަޑުއިވޭގޮތުގައި، ރަށު ތެރޭގައި ވާހަކަ ދެކެވޭ ގޮތުގައި، މި ވަގުތުގަ އާއިލީ ގޮތުން ތިމާގެ ބޭފުޅެއް މި ހުންނެވީ ހެލްތް މިނިސްޓްރީ ކަމުގައި، ޑރ. ހަލީލް ގެ ވަރަށް ބޮޑު އަތެއް މިކަމުގައި ވާކަމަށް، ރަށު ތެރޭގައި ޕޭރެންޓުން އެބަ އިނގިލި ދިށްކުރޭ" ބެެލނިވެރިޔާ ވިދާޅުވި އެވެ.

އެ ކުއްޖާ މައްސަލަ ޖެއްސުމާއެކު އެޑިއުކޭޝަން މިނިސްޓްރީން އެކަން ބަލުމަށްފަހު، އެކަން އޮތްގޮތުގައި އެއްވެސް މައަސަލައެއް ނެތްކަމަށް ސްކޫލްގެވެސް ނިންމުމަާ އެއްކޮށް ކެޕްޓަން ކަމަށް ހުވާކުރުމުގެ ރަސްމިޔާތު ކުރިއަށް ގެންދަން ހުއްދަދިންކަމަށް ބެލެނިވެރިޔާ މައުލޫމާތުދިނެވެ. އަދި ހުވާ ކުރުމުމުގެ ރަސްމިޔާތު ރޭގަނޑު ބާއްވަން ނިންމާފައި އޮއްވާ އަނެއްކާ އެދުވަހުގެ މެންދުރު 1 ޖަހާ ބޮޑުވެފައި ވަނިކޮށް ރަސްމިޔާތު ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން މިނިސްޓްރީން އެންގިކަމަށް އޭނާ ބުނެއެވެ.

މައްސަލަތަކެއް ހުރިކަމަށް ގަބޫކުރެވޭ ކަަމަށް ބުނެ ނިލަންދޫ ސްކޫލްގެ އިކޮނޮމިކް ޓީޗަރެއް 1 މަސް ދުވަަހަށް ސަސްޕެންޑް ކުރި ކަމަށާއި އެ ކަން ސިވިލް ސާވިސް ކޮމިޝަނުން ބެލިކަމަށް ބެލެނިވެރިޔާ ބުނެ އެވެ. އަދި ކޮމިޝަނުން ޓިޗަރުގެ އެއްވެސް މައްސަލެއް ނެތްކަމަށް އެންގުމުން، އަނބުރާ ވަޒީފާއަށް ނެރުމަށް ލަސްވާތީވެ، 5 ދުވަހަށް ފަހުގައި ޓީޗަރު އަނބުރާ ވަޒީފާއަށް ނެރުނުކަމަށް ބެލެނިވެރިޔާ ފާހަގަކުރި އެވެ.

"މާނައަކީ ސްކޫލްގެ ނިންމުން ރަނަގަޅު އެދެއްތޯ، ނޫންނަމަ ސަސްޕެންޑް ކުރި ޓީޗަރު އަނބުރާ ނުނެރޭނެ، އެކަމާ ގުޅިގެން މިހާހިސާބަށް އާއިރުގައިވެސް މިނސްޓްރީން ވަކިގޮތެއް ނިންމާފައި ނުވާތީ ފަހުން އެކުލަވާލި ސްކޫލުން ގަވައިދެއް، ފުރަތަމަ ގަވައިދުގައި މައްސަލަ އުޅޭތީވެ ގަވައިދު އިސްލާހުކޮށް، ގަވައިދު ހުށަހަޅާ އެ ގަވައިދާ އެއްގޮތަށް ކުއްޖާ އަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމުމާ ގުޅިގެން އަނެއްކާވެސް އެއްކަލަ މިވަގުތުގައި ކެޕްޓަން ކަމުގައި ވާދަކުރާ ދެކުދިންގެ ތެރެއިން މައްސަލަ ޖައްސާ ކުއްޖާ އަނެއްކާވެސް މައްސަލަ ޖައްސާފައި މިއޮތީ" ބެލެނިވެރިޔާ ބުނެއެވެ.

އެގޮތުން  އެކުއްޖާގެ ފަރާތުން އަނެއްކާވެސް މައްސަލަ ހުށަހެޅިީ ފަހުން އެކުލަވާލި ގަވައިދުގައި ވާދަ ކުރެވެން ނެތްކަމަށް ބުނެ އެއީ ހަމަ ހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ ގޮތުން ކަން އެކުއްޖާ ހާމަ ކުރިކަމަށް ބެެލނިވެރިޔާ ބުނެއެވެ. މައްސަލަ ޖެއްސި ކުއްޖާގެ މަމްމައަކީ ސްކޫލްގެ ޓީޗަރެއް ކަމަށާއި ކުއްޖާ ސްކޫލް ކެޕްޓަން ކަަމަށް ތައްޔާރު ކުރުމުގެ  ގޮތުން، ސްކޫލް ތެރޭގައި ހުރިހާ ގަވައިދެއް އިނގޭތީވެ، ސްކޫލްގެ ހުރިހާ އިތުރު ހަރަކާތެއްގައި ކުއްޖާގެ ނަން ހުރީ ބޭނުންކޯށްފައި ހުރިކަމަށް ބެލެނިވެރިޔާ ބުނެ އެވެ.

"ނަން ބޭނުން ކުރީމަ މުބާރާތްތަކުގައި އުޅޭ ދަރިވަރެކޭ، ބެންޗުގައި އިންނަ ދަރިވަރެކޭ، ކުރީގައި އުސޫލުގައި ނަމަ މާކްސް ދިނުމުގައި ހުރީ އެއްވަރަކަށް މާކްސް ދޭގޮތަށް އެކަމަކު ބެލެނިވެރިންނަށް ފެނުނު ގޮތުގައި މައްސަަލަ ޖެއްސީމަ، ބެެލެނިވެރިންވެސް މިކަމުގެ ތެރެއަށް އެހާ ބޮޑަށް ވަނީ، ބެލެނިވެރިން ދެކޭ ގޮތުގައި މިއީ ހަމަ ހަމަ ފުރުސަތެެއް ނޫން، ހައުސް މާސްޓާއަަކަށް ދަރިފުޅުގެ މަަންމަ ހުރީތީވެ ކުއްޖާ ކެޕްޓަންކަން ހޯދަދިނުމުގެ ގޮތުން، ކުއްޖާ އިތުރު ހަރަކާތްތަކުގައި ހަމަ އެކަނި ބައިވެރިއެއްގެ ނަންޖަހާގެން ދިޔައީމަ އޭނާއަށް ލިބޭ އެއްވަރަށް މުބާރާތްތަކުގައި ބައިވެރިވާ ނުވަތަ ކުީވަރު ކުޅޭ ކުއްޖާ ހޯދާ ކާމިޔާބީ އަށް އެއީ ހަމަ އެއްވަރަަކަށް މާކްސް ދެވޭނެ ކަމަކަށް ނުދެކޭތީވެ" ބެލެނިވެރިޔާ ބުނެ އެވެ.

ގަވައިދި ބަދަލު ކުރީ އެ ގަވައިދަށްވެސް ހިތްހަމަ ނުޖެހިގެން ކަމަށްވާއިރު މިވަގުތުގައި އަދިވެސް މިނިސްޓްރީން ގޮތެއް ނިންމާފައި ނުވާކަަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމާ ހެދި އޭލެވެލް ގެ މިކް އެގްޒާމް މިއޮތީ ފަސްކޮށްފައި، ކުދިންގެ މެދުގައި ވެސް ސްކޫލްގެ މަސްލަހަތު ނަގާ ލެވިއްޖެ، ރަށު ތެރޭ ހަލަބޮލިވެއްޖެ، ދަރިވަރުންގެ މެދުގައި ދިމާ ކުރުމުގެ ބައި ބޮޑުވެ، ނަފްރަތު އުފެދިއްޖެ" ބެލެނިވެރިޔާ ކަންބޮޑުވުމާއެކު ފާހަގަކުރި އެވެ.

މިކަމުގެ ތެރެއަށް ވަދެފައި އޮތީ ސިޔާސީ ބާރުވެރިކަމާއި ނުފޫޒު ކަމަށް ފާހަގަކޮށް ބެެލެނިވެރިޔާ ވިދާޅުވީ ދޮޅު މަސް ދުވަހަށް ވުރެއް ގިނަ ދުވަސް ވީ އިރުވެސް އެކަމަށް ގޮތެއް ނިންމާފައި ނުވާކަމަށެވެ.

 

23%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް