ads
ހިއުމަން ޓްރެފިކިން އަށް މަގުފަހިވާ ކަންކަން ނެތިކޮށްލުމަކީ އެންމެންގެ ޒިންމާއެއް
ހިއުމަން ޓްރެފިކިން އަށް މަގުފަހިވާ ކަަންކަން ނެތިކޮށްލުމަކީ އެންމެން ގުޅިގެން މިއަދު ކުރަން ޖެހިފައިވާ ކަމެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހެވެ. އެގޮތުން މި އަހަރުގެ މި ދުވަހަށް ކަނަޑައަޅާފައިވާ ޝިއާރަކީ "މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެއްވެސް ކުޑަކުއްޖަކު އިސްތިސްނާ ނުކުރުން " އެވެ.

މި ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ފަގީރުކަމާއި، ތައުލީމީ ދަތިކަމާއި، އިޖްތިމާއި ހަަމަޖެހުން ނެތުމަކީ އިންސާނީ ވަގު ފާރި ކުރާ ފަރާތްތަކަށް އެކަން ކުރުމަށް މަގުފަހިވާކަންކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ތަފާސް ހިސާބުން ދައްކާގޮތުގައި މީހުން ޓްރެފިކް ކުރުމުގެ ޝިކާރައަަކަށްވާ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ކުޑަ ކުއްޖެއް ކަަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެގޮތުން އެކަންކަމުގެ ތެރޭގައި އެކި ބާވަތުގެ ކުށްކުރުމުގައި ކުޑަކުދިން ބައިވެރިވުމާއި، މަޖުބޫރުން މަސައްކަތް ކުރުމާއި، ކުޑަ ކުދިން ޓްރެފިކް ކުރުމާއި، އަދި ޖިންސީ އަނިޔާގެ ޝިކާރައަަކަށް ކުޑަ ކުދިން ހެދުން ހިމެނޭކަމަށް ހޯމް މިނިސްޓްރީން ފާހަގަކުރެ އެވެ.

"ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ގައުުމުގެ މުސްތަގްބަލަށް ވާއިރު އެ ކުދިން ރައްކާތެރިކަމާއި، އޯގާތެރިކަމާއި އަދި ބިރުވެރިކަމުން އެއް ކިބާ ވެފައިވާ މާހައުލެއްގައި ބޮޑުވަމުންދާ ކުދިންކަން ކަށަވަރު ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް" ހޯމް މިނިސްޓްރީން ބުނެ އެވެ.

އިންސާނީ ވަގުފާރި އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ޓްރެފިކް ކުރުމަށް މެދުވެރިވާ ސަބަބުތައް ނައްތާލުމަކީ މުހިއްމު ކަމެއްކަަމަށްވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މައިގަނޑު 4 ސިޔާސަތެއް އެކުލަވާލެވި އެ ސިޔާސަތުތަކާއި އެއްގޮތަށް މަސައްކަތްކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މީހުން ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ގައުމީ ކޮމިޓީ އަލުން އެކުލަވާލައި އޭގެ ފުރަތަަމަ ބައްދަލުވުން ބޭއްވީ މި ޖޫން މަހުގެ 5 ވަނަ ދުވަހުގަ އެވެ. އެ ކޮމިޓީގެ ފުރަތަަމަ ބައްދަލުވުމުގަި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ރައްކާތެރިކަން ދެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރެވުނު ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް އޮތް 4 އަހަަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕޮލިސިން ރިކުއާމަންޓް ގައި ހިއުމަން ޓްރެފިކްގެ ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަންކަމުގެ ތެރޭގައި ހިމަނާފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް