ads
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޮފީސް: އެ ބޭންކަށް މީހުން ޖަމާކުރި ފައިސާގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި - ފޮޓޯ:އެމްއައިބީ
އެމްއައިބީ އަށް 79 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް
މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި 79 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
Advertisement

އެމްއައިބީ އިން، މިއަދު ނެރުނު ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެޕްރީލުން ޖޫން މަހުގެ ނިޔަލަށް ލިބުނު ފައިދާ، މިދިޔަ އަހަރުގެ އެ މުއްދަތާ އާޅާބަލާއިރު، 97 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެމްއައިބީ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 40 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި، އެ ބޭންކަށް 110 މިލިއަން ރުފިޔާ އާމްދަނީ ގެ ގޮތުގައި ލިބިފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި 161 މިލިއަން ރުފިޔާ އާމްދަނީ އަށް ލިބިފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް 152 މިލިއަން ރުފިޔާގެ އާމްދަނީ އަކުން 56 މިލިއަން ރުފިޔާ އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ޒަމާނީ ގިނަ ހިދުމަތްތަކެއްދޭ ބޭންކުގެ ކުއާޓަލީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އެ ބޭންކުގައި ކަންޓަމަރުން ޖަމާކުރި ފައިސާގެ އަދަދު އަށް ބިލިއަން ރުފިޔާ އަށްވުރެ އިތުރުވެފައިވާއިރު، ހިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

އެމްއައިބީ އިން ބުނީ އެ ބެންކަށް ލިބުނު ކާމިޔާބީގެ ސިއްރަކީ ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި އަމިއްލަ އަށް އިންޓަނެޓް ބޭންކިން ސެޓަޕް ކުރުމާއި ވަގުތުން ކާޑު ލިބުމުގެ އިތުރަށް އެމްއައިބީގެ ހިދުމަތުގެ ސަލާމަތީ ކަންކަން ހަރުދަނާވުން ކަމަށެވެ.

އެމްއައިބީ އިން އަންނަނީ ޒަމާނީ ގިނަ ބަދަލުތަކެއް ގެނެސް، ހިދުމަތްތައް އޮންލައިންކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް