މިއީ ދިރާގުން ވިސިޓް މޯލްޑިވްސް ޕްރޯގެ ޑިޖިޓަލް ޕާޓްނަރަކަށް ވާނެ ތިންވަނަ ފަހަރެވެ.
ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި މަސައްކަތް ކުރަމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މާދަމާ އިން ފެށިގެން އޯގަސްޓް 8 ގެ ނިޔަލަށް މި މުބާރާތް ކުރިއަށް ދާނެއެވެ. މި މުބާރާތް އޮންނާނީ މާލެ ވަރުނުލާ ރާޅުގަނޑުގަ އެވެ.
ދިރާގަކީ އަބަދުވެސް މިފަދަ ކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ޒުވާނުންނަށް ފަހި ފުރުސަތު ތަކެއް ތަނަވަސް ކޮށްދެމުން އަންނަ ކުންފުންޏެކެވެ.