ފިރިހެނުންގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު އާން އާކޮށްފައިވަނީ 00:24.22 އިން ރޭސް ނިންމައިގެންނެވެ.
މި ރެކޯޑް މިހާތަނަށް އޮތީވެސް އާން އަތުގައެވެ. އެއީ، މޭ މަހު ކުރިއަށްދިޔަ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 00:24.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
އޮލިމްޕިކްސްގައި އާންއާއެކު ރާއްޖެ ތަމްސީލް ކުރާ ދެވަނަ އެތްލީޓަކީ އާއިޝަތު އުލްޔާ ޝާއިގްއެވެ. އުލްޔާގެ އިވެންޓް އޮތީ ހޮނިހިރު ދުވަހުއެވެ.