ads
ވިސާ ހަމަވުމުންވެސް ނުގޮސް އުޅުނު ނޯވޭ މީހާ
ވިސާހަމަވުމުންވެސް ނުގޮސްއުޅުނު ނޯވޭމީހަކު ޑީޕޯޓްކޮށްފި
ވިސާގެ މުއްދަތު ހަމަވުމުންވެސް ރާއްޖެއިން ނުގޮސް އުޅުނު ނޯވޭ މީހަކު ޑީޕޯޓްކޮށްލައިފިއެވެ.
Advertisement
އިމިގްރޭޝަނުން ބުނީ ފަތުރުވެރިއެއްގެ ގޮތުގައި މި މީހާ ރާއްޖެ އެތެރެވީ މިދިޔަ އަހަރުގެ ޑިސެންބަރު 20 ވަނަ ދުވަހުކަމަށެވެ. އަދި ވިސާގެ މުއްދަތު ހަމަވުމުން ވެސް މި މިހާ އަނބުރާ ގައުމަށް ނުގޮސް ރާއްޖޭގައި މަސައްކަތްކޮށް ދިރިއުޅެމުންދިޔަކަމަށެވެ. 

އިމިގްރޭޝަނުން ބުނީ ފުލުހުންގެ އެހީތެރިކަމާއި އެކު މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި  އިމިގްރޭޝަންގެ ޤާނޫނާއި ހިލާފުވެފައި ވާތީ އޭނާ ވަނީ މިހާރު ޑީޕޯޓުކޮށްފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

ގަވައިދާ ހިލާފަށް އުޅެ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ޕޯޓަލް އިމިގްރޭޝަނުން ވަނީ ތައާރަފުކޮށްފައެވެ މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. 

ސައުވީސް ގަޑިއިރު ހިދުމަތް ލިބޭ މި ޕްލެޓްފޯމަށް ފޮޓޯއާއި މިނޫން ވެސް މައުލޫމާތު ހުށަހަޅައި ރިޕޯޓް ކުރެވޭނެ އެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މައްސަލަ ރިޕޯޓްކުރުމަށް https://imuga.immigration.gov.mv/report-offenceއަށް ގޮސް، އިމިގްރޭޝަން ވޮޗް ހިޔާރުކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މައްސަލަތައް ރިޕޯޓް ކުރެވޭނެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމްލަ 120 މީހުން އިމިގްރޭޝަންގެ ދަށަށް ގެނެވި، އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. 

މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް