ފުލުހުންގެ ތަރުޖަމާނު އެސްސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އިއްޔެ ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުންދީ ، އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ރޯކޮށްލާފައިވާކަމަށެވެ.
މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭކަމަަށްވެސް ޝިފާން ވިދާޅުވިއެވެ. އަދި މި ކަމުގެ ސަބަބުން ފުލުހުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
މި މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.