ads
މޯލްޑިވިއަން ފްލައިޓް އޮންނަ ގަޑިއަށް އާރުޓީއެލް ފެރީ އޮންނަގޮތަށް ރާވަނީ، މިހާރު ކޫއްޑޫގައި ހިދުމަތް ލިބޭނެ
ދެން ފްލައިޓް ޖައްސާއިރު އަތޮޅު ފެރީވެސް ފަޅުގައި އޮންނާނެ
މޯލްޑިވިއަންގެ ފްލައިޓްތައް އޮޮންނަ ގަޑިތަކާއި ދިމާވާގޮތަށް އާރްޓީއެލް ފެރީގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ރާވާ ބައެއް ސަރަހައްދުތަކުގައި ދަތުރުތައް ފަށައިފިއެވެ.
Advertisement

މި އުސޫލުން ފުރަތަމަ ހިދުމަތް ފަށާފައިވަނީ ގއ. އަތޮޅުގައެވެ. މޯލްޑިވިއަނުން ބުނީ ގއ. ކޫއްޑޫއަށް ކޮންމެ ދުވަހަކު ހެނދުނު ކުރާ ދަތުރުތައް މިހާރު އާރުޓީއެލް ފެރީގެ ދަތުރު ޝެޑިއުލާ ދިމާވާނެކަމަށެވެ. 

ގއ ކުއްޑޫއަށް ހަފްތާގެ ކޮންމެ ދުވަހަކުވެސް މޯލްޑިވިއަންގެ ހެނދުނު ފްލައިޓް ޖެއްސުމަށް ޝެޑިއުލްކޮށްފައި ވަނީ ހެނދުނު 08:55 ގައެވެ. މި ވަގުތާއި ދިމާވާގޮތަށްް އާރުޓީއެލް ފެރީ ކުއްޑޫ އިން ފުރާނީ 09:30 ގައެވެ. އެ ފެރީ ވިލިގިއްޔަށް ދާނީ 09:40 އަށެވެ.

your imageމޯލްޑިވިއަން ފްލައިޓް އޮންނަ ގަޑިއަށް އާރުޓީއެލް ފެރީ އޮންނަގޮތަށް ރާވަނީ، މިހާރު ކޫއްޑޫގައި ހިދުމަތް ލިބޭނެ 

މޯލްޑިވިއަނުން ބުނީ އެއާޕޯޓް އޮތް ރަށްތަކަށް ފަލައިޓްތައް ކުރާ ދަތުރުތަކާއި ފެރީ ދަތުރުތައް ދިމާވާގޮތަށް ޝެޑިއުލްތައް ރޭވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޖީބަށް ލުއި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. 9 އަތޮޅުގައި މި ހިދުމަތް މިހާރު ލިބޭނެއެވެ. އެ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ޅ،ގއ، ގދ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއެވެ. 

އެމްޓީސީސީން ބުނީ ބާކީ އޮތް 11 އަތޮޅުގައި މި ހިދުމަތް ފެށުމަށްް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް