ads
ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން ރޭ——
ނަޝީދަށް ދިން ހަމަލާގެ ކަންކަން އަލުން ބަލަން ސަރުކާރުގައި އެދެނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްކަން ދިން ބޮމުގެ ހަމާލާއާއި ގުޅިގެން ހެދި އިންކުއަރީ ރިޕޯޓުން ފާހަގަވި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް އަލުން ގެންނަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ނިންމައިފި އެވެ.
Advertisement

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އެއްޗެއް ގޮއްވާލައިގެން ހަމަލާދިނީ 2021 ވަނަ އަހަރުގެ މޭމަހުގެ 6 ވަނަދުވަހުގެ ރެއެވެ. 

މި ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓިން ވަނީ އިންކުއަރީއެއް ހަދާ އެކަމުގައި ފާހަގަވިކަން ހިމަނާ ރިޕޯޓެއް އެކުލަވާލާފަ އެވެ.

241 ކޮމެޓީން މިއަދު ބޭއްވި ބައްދަލވުމުގައި ކޮމެޓީގެ މެމްބަރު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްވަނީ 6، ހަމަލާއާ ގުޅޭ ގޮތުން އެކޮމިޓީން ކުރިން އެކުލަވައިލާފައިވާ ސިއްރު ރިޕޯޓުން އެނގޭ ގޮތުގައި އެ ހަމަލާއާ ގުޅޭ އެއް ގޯހަކީ "ވިލަރެސް ކުރެވިފައި" ނެތުންކަމަށެވެ. އެހެންކަމުން އެ ރިޕޯޓުން ފާހަގަވި ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުރިން އޮތް ކޮމެޓީ ބައްދަލުވުމެއްގައި މެމްބަރުން ވާހަކަ ދެއްކިކަން ފާހަގަކޮށްފައެވެ. 

އަދި އެގޮތަށް ވާހަކަ ދެކެވުނީ ކޯޑިނޭޝަން ދަށްވުމުގެ މައްސަލަ އަދިވެސް އެގޮތުގައި އޮތް ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކޮމިޓީގައި ބުނުމުންކަމަށްވެސް ނާޒިމް ފާހަހަކުރެއްވި އެވެ. 

ނާޒިމް ވަނީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިހާތަނަށް ކުރެވިފައިވަނީ ކޮންކަމެއްތޯ ކޮމެޓީގެ މުގައްރރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާ ސުވާލުކުރައްވާފައެވެ. މި ވާހަކަތަކަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ ސަރުކާރަށް ފޮނުވަންވީ ސިޓީ މިހާރު ލިޔެފައިވާ ކަމަށާއި އަދި އެ ސިޓީ މިއަދު ފޮނުއްވާނެ ކަމަށެވެ. 

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވިއެވެ. އަދި އެ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އޭޑީކޭ ހޮސްޕިޓަލްގައި ގިނަ އޮޕަރޭޝަންތަކެއް ކުރެއްވިއެވެ. އަދި އިތުރު ފަރުވާއަށް ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަނުގައިވެސް ހުންނެވި އެވެ. 

މި ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރި މީހާ އެނާގެ ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ އަންނަނީ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެހެންނަމަވެސް މި ހަމަލާއަށް ފަންޑު ކުރި މީހުން އޭރުގެ ސަރުކާރުން ނުހޯދާކަމަށް ބުނެ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރި ފަރާތްތަކުން ވަނީ މިދިޔަ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް