ads
ޖެކް ޑޯސީ
ކޮވިޑް-19: އެއް ބިިލިއަން ޑޮލަރުގެ އެހީއަކާއެކު އެންމެ ބޮޑު އެހީއެއްވީ ޓްވީޓާގެ ސީއީއޯ
ޓްވިޓާގެ ސީއީއޯ ޖެކް ޑޯސީ އެއް ބިލިއަން ޑޮލަރު، ކޮވިޑް-19 ރިލީފް ފަންޑަށް ހަދިޔާ ކޮށްފި އެވެ.

ޓްވިޓާ އާއި ސްކޮޔާގެ ސީއީއޯ، ޖެކް ޑޯސީ މި ހަފްތާގެ އަންގާރަ ދުވަހުގައި ކުރި ޓްވީޓެއްގައި ބުނީ އޭނާގެ އަމިއްލަ މާލިއްޔަތުން އެއް ބިލިއަން ޑޮލަރު، ލިމިޓެޑް ލައަބިލިޓީ ކޮމްޕެނީ (އެލްއެލްސީ) އަށް ހަދިޔާ ކުރެވޭނެ ކަމަށެވެ. އަދި އެލްއެލްސީ އަށް ހަދިޔާ ކުރެވިގެންދާ ހުރިހާ ފައިސާއެއް ބޭނުން ކުރެވޭނީ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެހީތެރިކަން ފޯރު ކޮށްދިނުމަށް ކަމަށް ވެސް ޑޯސީ ވަނީ ބުނެފަ އެވެ.

  

އޭގެ އިތުރުން، ޖެކް ޑޯސީ ބުނީ، މި ބަލިމަޑުކަމުން އަރައިގަނެވުމުން މި ޑޮނޭޝަން ފަންޑުގެ މަގްސަދަކަށް ވެގެންދާނީ އަންހެން ކުދިންގެ ސިއްހަތާއި، އުނގެނުން ކުރިއެރުވުން ކަމަށެވެ. އަދި ޔުނިވާސިކް ބޭސިކް އިންކަމް (ޔޫބީއައި) އިން ފަންޑުކުރާނީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ކުރެވޭ ތަހުލީލުތަކަށް ކަމަށް ޑޯސީ ބުނެ އެވެ.

ޖެކް ޑޯސީގެ މާލިއްޔަތުގައި 3.6 ބިލިއަން ޑޮލަރު ހުރިއިރު އޭގެ 28 އިންސައްތަ ޑޯސީ ވަނީ މި ފަންޑަށް ޖަމާކޮށްފަ އެވެ. މިއާއެކު ޖެކް ޑޯސީ ވެފައި މިވަނީ ކޮވިޑް-19 އިން އަރައިގަތުމަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިން މީހާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް